އިޒްރާޢީލުގެ އަނިޔާތަކަށް ރައްދު ޖަވާބުދޭނަން: ހިޒްބުއްލާ

Loading

Facebook
Twitter
WhatsApp


އޮކްޓޯބަރު 7 ގެ ފަލަސްތީނުން އިޒްރާއީލަށް ޙަމަލާދިނުމުގެ ތިން މަސްދުވަސްކުރިން އިސްރާއީލާއި ލެބަނަން ގުޅޭ ސަރަޙައްދުން އިސްރާއީލުގެ އެތައްހާސް ރައްޔިތުންނެއް ދުރަށް ގެންދިޔައެވެ. 

ނަމަވެސް އެ ސަރަޙައްދުގައި ހިޒްބު ﷲ ގެ މިލިޓްރީ ބާރު މާބޮޑަށް ގަދަކުރުމަކީ އިސްރާއީލުން ފުރުސަތުދޭން ބެނުންވާ ކަމެއް ނޫނެވެ. މިހާރުވެސް އިސްރާއީލުން ހިޒްބު ﷲ އަށް އިންޒާރު ދެމުންގެންދަނީ 2006 ގައި ފާސްކުރި އ. ދ. އެއްބަސްވުމާ ޚިލާފު ވަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެނަސް އިސްރާއީލުން ދައްކާ މިފަދަވާހަކަތައް އަޑުއަހާކަށް ބޭނުން ނުވާކަމަށް ހި​ޒްބު ﷲ ބެނެއެވެ.

އެމެރިކާއިން އީރާނަށާއި އީރާނުގެ މަދަދު ލިބޭ ޖަމާޢަތްތަކަށް ވަރަށް ސާފު އިންޒާރެއް ދިނުމުގެ ގޮތުން އޮކްޓޯބަރ މަހުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑަށް 2 އެއަރކްރާފްޓް ކެރިއަރ ފޮނުވިއެވެ. އަދި ބައެއް އެހެން ގައުމުތަކުންވެސް އެމެރިކާއާއި އެކު މިވަނީ ބައިވެރި ވެފައެވެ. އެންމެފަހުން މިހާރު ޖަރުމަނުންވެސް އެމެރިކާގެ ރެޑް. ސީ ކުޅިގަނޑުގައި ބައިވެރިވީއެވެ.

އެކަމަކު އީރާނާއި ގަލްފް ސަރަޙައްދުގެ އީރާނުގެ މަދަދުލިބޭ މުޖާހިދުން އެކަމަކާއިފަރުވާލެއް ބެހެއްޓި ތަނެއް ނުފެނުނެވެ. މިހާރު އެމެރިކާއިން އޭގެ ތެރެއިން އެއް އެއާރކްރާފްޓް ކެރިއަރ އަނބުރާ ގެންގޮސް ބަދަލުގައި މަނަވަރުތަކެއް ފޮނުވާފައެވެ.

ސީރިޔާ އާއި އިރާގުގައި ޙަރަކާތްތެރި ވަމުން ގެންދާ  މުޖާހިދު ޖަމާޢަތް ތަކުން ދޭތެރެ ދޭތެރޭން އެމެރިކާގެ އަމާޒުތަކަށްވެސް ޙަމަލާ ދެމުން ގެންދެއެވެ. އަދި މިހާރު ޔަމަނުގެ ހޫތީންވެސް ގެންދަނީ ރެޑް ސީ ތެރޭން ލާފައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި ބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. 

މިދާކަށްދުވަހު އެމެރިކާއިން ޔަމަނުގެ ހައެއްކަ ދިމާލަކަށް ވަނީ ބޮން އަޅާފައެވެ. އެ ޢުދުވާނުގައި ބައިވެރިވީ ހުރިހާ ގައުމަކީ ޔަމަނުގެ ޙަމަލާ ޙައްގުވެއްޖެ ބައެއްކަމުގައި ހޫތީ ޖަމާޢަތުން މިވަނި ޢިއުލާނު ކޮށްފައެވެ.

މިކަމުގެ ސަބަބުން ދުނިޔޭ އިގްތިސާދު މިހާރު އޮތީ އަލިކަމެއް ނެތް މަގެއްގެ ތެރެއަށް ވަދެވިފައެވެ. 

އެމެރިކާއިން ތުޙްމަތު ކުރަނީ މިކަންތައްތަކަކީ އީރާނުން ރާވައިގެން އެ ސަރަޙައްދުގައި ހިންގާ ހަމަނުޖެހުންތަކެއް ކަމަށެވެ.

އެމެރިކާގެ ފުރިހަމަ ސަޕޯޓްދީގެން އިޒްރާޢީލު ލައްވާ ފަލަސްތީނާއި ދެކޮޅަށް ކުރާ ފަނާކުރަނިވި ހަނގުރާމައިގެ ސަބަބުން އުފެދިގެންއުޅޭ ހަނގުރާމައެއް ކަމަކަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރީން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. މުޅިންވެސް އޮޅުވާލުމާއި މަކަރެވެ.

އެކަމަކު އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އެއިން ކޮންމެ މުޖާހިދުޖަމާޢަތެއްވެސް ޙަރަކާތްތެރި ވަމުންގެންދަނީ އެމީހުންގެ އަމިއްލަ މިނިވަންކަމާއި އެކުގައި ކަމަށެވެ. އެ ޖަމާޢަތް ތަކުން ކަންތައްކުރަން ވީގޮތް ކިޔާދިނުމަށް އެހެންބަޔަކަށް ފުރުސަތެއްވެސް ނުދޭނެއެވެ.

ފަލަސްތީނުގެ ޙަމާސް ޖަމާއަތް ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ގެންދަނީ އަހުދު ކަށަވަރު ހިފަމުންނެވެ. އެކަމަކު އެއީ އިސްރާއީލަށް ޙާސިލު ކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށް ގަބޫލުކުރާ ގައުމެއް ނެތޭ ބުނެވިދާނެއެވެ. އެމެރިކާއިންވެސް ބުނަމުން ގެންދަނީ ހަނގުރާމަ ކިތަންމެ ފުޅާކުރިޔަސް އިސްރާއީލަށް މިފަހަރަކު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އިސްރާޢީލުން ޙަމާސްއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވިދާނެކަމަށް ބެލެވޭ ހަމައެކަނި ގައުމަކީ އެމެރިކާއެވެ. 

އެމެރިކާއަށް ނުއުފުލޭވަރަށް ހަނގުރާމައިގެ އަގު ބޮޑުވެއްޖެނަމަ ދެން ޔޫކުރެއިންނަށް ހެދިހެން އިސްރާޢީލަށް  ބޮންތަކާއި ފައިސާ ދިނުން ހުށްޓައިފަނެ ކަމަށް ބެލެވެއެވެ. އެހެނީ އެމެރިކާގެ ޕަބްލިކްވެސް މި ހަނގުރާމަޔާއި ދެކޮޅުހަދަމުން ދާތީއެވެ.

އެހެންނޫންނަމަ އެމެރިކާއިންވެސް އަބަދު ބޭނުންވާ ސިއްރު އެޖެންޑާއަށް މަގުފަހިކުރަން މަސައްކަތް ކުރާނެއެވެ. އެއީ ފުރާތު ކޯރުން ފެށިގެން ތޫނިސްއާ ހަމަޔަށް އެއީ އިސްރާއީލަށް ލިބެންޖެހޭނެ ކަމަށް ތައުރާތުގައި ކަނޑައަޅުއްވާފައިވާ ސަރަޙައްދު ކަމަށް އެމީހުން ބުނާތީއެވެ.                                        

ލެބަނަންގެ އަލް ނަހްރު ނޫހުގެ ލިއުންތެރިޔާ ޢަލީ ހަމަދާން ވިދާޅުވެފައި ވަނީ ރަނގަޅަށެވެ. އެމެރިކާއާއި ހުޅަނގުންވެސް އީރާނާ ދެކޮޅަށް ހަނގުރާމެ ކުރާކަށް ބޭނުމެއް ނުވެއެވެ. 

އީރާނުގެ ވިސްނުމުގައި ހަނގުރާމަ އަކަށް ދިއުމެއް ނެތެވެ. އެކަމަކު ސަރަޙައްދުގައި އުފެދި ފެތުރެމުންދާ މިދާ އަލިފާންގަނޑު މައިތިރި ކުރުކުރުމަށްޓަކައި ސުލްޙައިގެ ވާހަކަތައް ދެކެވެމުން ދާތަން ފެންނަނީ ރޮކެޓާއި ޑްރޯނާއި ބޮން ބޭނުންކޮށް ގެންނެވެ.                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް