އިސްރާއީލު ތެރެއިން ޙަގީގަތް މިއޮއްގެން ފަޅާ އަރަނީ

Loading

Facebook
Twitter
WhatsApp

ފަލަސްތީނު ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ވިދާޅުވެދެއްވާ ގޮތުގައި އިސްރާޢީލުން ރާވަމުން ގެންދިޔަ ވަރުގަދަ ޙަމަލާއެއް، ކުރިޔާލައި ޙަމާސް ޖަމާއަތަށް އިސްރާއީލު އެތެރެއިން ލީކްވެފައި ވާތީ، ޙަމާސް ޖަމާއަތުން އިސްވެ ކުއްލިއަކަށް ވަރުގަދަ ޙަމަލާއެއްދޭން ފެށީއެވެ.

މިހާ ވަރުގަދަކޮށް ހަނގުރާމަ ފަލަސްތީނު މުޖާހިދުން ޖައްސަން ޖެހުނީ އިސްރާޢީލުގެ އަނިޔާވެރި އަޅުވެތި ކުރުމުގެ ރޭވުންތައް ޙަމާސަށް އެނގޭތީއެވެ.

ހަމަ އެފަދައިން އިސްރާޢީލަށް ޙަމާސް އިން ޙަމަލާއެއް ރާވާކަން ކުރިޔާލައި އެނގުމާއި އެކު ޒައަނިސްޓުން ބޭނުންވީ ހަމާސް މުޖާހިދުންނަށް ޗާންސް ދީފައި ވަރުގަ ޙަމަލާއެއް ދީ ދެދުވަހު ތެރޭގައި އެމީހުން ބޭނުންވާ ގޮތަށް ޣައްޒާއެކުގައި ހިފާށެވެ.

އެގޮތުން އަވަހަށް އަރަބި ގައުމުތައް އިބްރާހީމް އެކޯޑް ދަށުން އިސްރާޢީލާއި އެކު ގުޅުން ހިންގަމުންދާ ދުވަސް ވަރެއްގައި ބޮޑުއިސްރާޢީލު ބިނާ ކުރުމުގެ މަޝްރޫޢުއަމަލީގޮތުން ފަށާށެވެ. 

މިކަން މިގޮތަށް އޮވެގެން ރީތިކޮށް އޮމާންކޮށް ކުރިޔަށް ދާތީ، ކޮންމެ ގޮތެއްހަދާފައި ވެސް އިސްރާއީލު ދުނިޔެއިން ގަބޫލު ކުރިޔަ ނުދިނުމަށް ޙަމާސް އިންއޮތީ ވަރަށް ހުޝިޔާރުވެ ޙިކްމަތްތެރި ކަމާއިއެކު ބަލާށެވެ.

ކަން މިގޮތަށް ކުރިޔަށް ދާތީ ފަލަސްތީނު މުޖާހިދުން ތިބީ، ކުރިޔާލައި ވަރަށް ވަރުގަދައަށް ތައްޔާރުވެކަމުން ޙަމާސް މުޖާހިދުން ގެންގުޅުނު އުކުޅުތައް ކާމިޔާބު ވެގެން ދިޔައީ ހީކުރިވަރަށް ވުރެވެސް ކާމިޔާބުކޮށް ކަމުގައި މިއަދު ގަބޫލުކުރަން ޖެހެއެވެ. 

މުޖާހިދުން ތިބީ ފަލަސްތީނުގެ ބިން ބީވެދިޔަނުދޭން ނިޔަތްގަނެގެންނެވެ. މުސްލިމު ގައުމުތަކުން ބިންފޭރިގެންތިބި އިސްރާޢީލު ގަބޫލު ކުރިޔަ ނުދޭން ތައްޔާރަށެވެ. ފަހެ، އިސްރާޢީލުން ޙަމާސް މުޖާހިދު ހަނގުރާމަ ވެރިންނަށް، އިސްރާއީލު ތެރެއަށް ވަނުމުގެ ޗާންސް ދިނީ މިހެންވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީކުރެވިފައި ނުވާތީއެވެ. ޙަމާސް އިން ރަނުގެ މިފުރުސަތުގެ ބޭނުންހިފީ ވަރަށް ފުރިހަމައަށެވެ.

އިސްރާއީލުގެ ޖެނެރަލެއް އޭނާގެ ގެއިން ނިދާހެދުން ޕިޖާމާގައި ހުންނަވަނިކޮށް ނަގައި ގެން ޣައްޒާއަށް ގެންގޮސް، އެތައް ބައިވަރު ބިންފޭރޭ (ސެޓްލާސް)އިސްރާއީލުގެ މީހުންތަކެއް ރަހީނުން ގޮތުގައި ޙަމާސްއިން ޣައްޒާއަށް ގެންގޮސް ހިފޭއްޓީއެވެ. މި ކުށްލި ޙަމަލާ ވެގެންދިޔައީ އިސްރާޢީލް ފިނޑިކޮށްލި ޙަގީގަތަކަށެވެ. މިއީ ފަލަސްތީނު މުޖާހިދު ރައްޔިތުންނަށް ލިބުނު ވަރުގަދަ ނަސްރެއްކަމުގައެވެ.

މިއަދު އިޒްރާޢީލުގައާއި މުޅިދުނިޔެ ވަނީ ޒައަނިސްޓުންނާއި ދެކޮޅަށް ތެދުވެ ބަސްބުނަން ފަށައިފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް ބާރުނާޅާ މުޒާހަރާނުކުރާ  ރައްޔަތަކު ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތެވެ.

Loading

4 Responses

  1. އަސްލުވެސް ޙަމާސް ޖަމާޢަތަކީ ސަމާސަ މަސްކާއްޓެއް ނޫނެވެ. ތި ޖުއްބާލައިގެން އުޅޭ ދެފުށްކެހެރި ޢަރަބީނެއްނޫންކަން ދައްކުވައިފިއެވެ. އެބުނާ މާމޮޅު މޮސާދު އަކާއި އެމެރިކާގެ އެބުނާ ހުރިހާތަނެއް އުސް ސީ.އައި.އޭ. އަކާއި ގުޅިގެން ފަލަސްތީނު ފަނާކުރާތާ 3 މަސްވަނީއެވެ. ހަމަ ދުލެއްނުދީ އެ ހިފަހަށްޓަނީއެވެ. މިޒަމާނުގެ ޢަރަތްބެއްނަމަ މިހާރު އަމާންދީ ޒައަނިސްޓުންގެ ދެފައިގާ ބައްދާ ހޭރޭނެކަން ޔަގީނެވެ. ޔަގީންވަނީ ގާޒާގެ އެންމެން މަރާއިރު އިޒްރޭލުދެކެ ބިރުން ގަޒާއާއި އެ ޢަރަބި ގައުމުތަކާއި ދެމެދު އޮތް ބޯޑަރުވެސް ހުޅުވާލާން ނުކެރި މުސްލިމުން އަޚުން މަރަންދީގެން އެތިބީއެވެ. ހާދަ ފިނޑި ޢަރަބި ލަސްކަރު ތަކެކެވެ. އެންމެ ދެރައީ މުސްލިމުންނޭ ކިޔައިގެން ފާޓް ފުޅާކުރާތީއެވެ.
    އުންމަތީ އުންމަތީއޭ ކިޔާފަ ހޭރިފާ މުނާފިގު ސްޓައިލްގެ އަހުވެރީން އެ ތިބީއެވެ. އަބަދުވެސް ދައްކާނީ ރަސޫލާގެ އާއި ރަސޫލުގެ ސަޙާބީންގެ މޮޅުވާހަކައެވެ. އެހެންސް ތިމާ ކުރާ ކުރެވޭކަމެއް ޙަރާމެވެ. ކުއްތާތަކެއްހާ ނިކަމެތިބައެކެވެ. މާތްﷲ ފަލަސްތީނުގެ ކެރޭ މުޖާހިދުންނަށް ހެޔޮ އަވަސް ރަޙުމަތެއްލަހަށްޓަވައި ކާމިޔާބު ދެއްވާށެއެވެ. އާމީން!

  2. Arabi qaumu thakuge verinnakee israil zayanistun dheke maa loabivaa baeh, muslimunney kiyaathee ves huthuru, furihama muslimun nama thimaage avahteri muslin akhun naai ukhthun maraa iru himeynakun nuthibeyne, thimaa menah hanguraama kuran nukerenyaa kerey meehunah boder hulhuvaa laanama ves konfadhatho, enmekudaminun israil ge e janavaarunnaa gulhun kandaalanves nukerey ,findi adhi munaafig baeh

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް