ކުރީގެ ރައީސް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ!

Loading

Facebook
Twitter
WhatsApp

އެމެރިކާގެ 45 ވަނަ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުން އުނިކުރަން ކޮލޮރާޑޯގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ސެކްޝަން އަށް ރިޢާޔަތްކޮށް އެމެރިކާގެ އެންމެމަތީ ކޯޓުން ނެރެފައިވާ މި އަމުރަކީ ވަރަށް ތާރީޚީ އަމުރެކެވެ.                 

އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި ކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންގެ ރައުޔުގައި ބުނެފައިވަނީ ޕްރެޒިޑެންޝަލް ޕްރައިމަރީބެލޮޓުން ޑޮނާލްޑް ޓްރަމްޕުގެ ނަން އުނިކުރުމަށެވެ. އަދި އެކޯޓުގެ މެޖޯރިޓީން ތާއީދު ކޮށްފައިވަނީ ކުރީގެ ރައީސް ޑޮނާލްޑް ތްރަމްޕަކީ އެމެރިކާގެ ރިޔާސަތަށް ކުފޫ ހަމަވެގެންވާ ބޭފުޅެއް ނޫން ކަމަށެވެ. 

އެހެންނަމަވެސް އެކޯޓުގެ އަމުރު އިސްތިނާފް ކުރުމުގެ ފުރުސަތު ޖަނަވަރީ 4 ވަނަ ދުވަހާ ހަމަޔަށް އޮތީ ހުޅުވާދީފައެވެ. ހަމަމިއާއެކު އެމެރިކާގެ އެހެން ކޯޓުތަކުންވެސް ގެންދަނީ ޑޮނާލްޑް ޓްރަމްޕްގެ ނަން  ވޯޓްލިސްޓުގައި ހިމަނާފައިވާތީ އެކަމާދެކޮޅަށް ޝަރުޢީ އަޑުއެހުންތައް ބާއްވަމުންނެވެ.

ކޮންމެ ގޮތެއްގައިވެސް 2021 ވަނައަހަރު ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓްލް ހިލްގައި ޑޮނާލްޑް ޓްރަމްޕް ހިންގި ޖަރީމާގެ ސަބަބުން އެ ބޭފުޅާ އިންތިޚާބަށް ވާދަ ކުރުމުގެ ފުރުސަތު އޮތުމާއި ނެތުއި ދޭތެރޭ ކޮލެރާޑޯ ސުޕްރީމްކޯޓުގެ ފައިސަލާގެ ބާރު ހިނގާނެއެވެ.                             

ޓްރަމްޕުގެ ގާނޫނީ ޓީމުން މިހާރު މަސައްކަތް ކުރަނީ އިސްތިއުނާފުގެ މަރުޙަލާގެ ކުރިން ބައެއް ހެކިވެރިންގެ ހެކިބަސް ހުއްޓުވުމަށެވެ. އޭގެ ތެރޭގައި ކުރީގެ ކޮލަމްނިސްޓް ޖީން ކެރޯލް އާއި ފަނޑިޔާރު ލެވިސް ކަޕްލަން އާއި ނޯތުވެސްޓާރން ޔުނިވަރސިޓީގެ މާރކެޓިންގ ޕްރޮފެސަރ އެޝްލީ ހަމްފްރީ ފަދަ ބޭފުޅުން ހިމެނެއެވެ.

މިއަހަރު މޭމަހުގެތެރޭގައި ރައީސް ޓްރަމްޕާއި ދެކޮޅަށް ކޮލަމްނިސްޓް ޖީން ކެރޯލް ހުށައެޅި މައްސަލަ ކޯޓުން ނިންމަވާފައި ވަނީ ލިއުންތެރިޔާ އަބުރަށްއަރާގެންފައިވާ ކަމަށާއި އަދި ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ހެކިބަހުން ސާބިތުވާކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ލިއުންތެރިޔާއަށް ޓްރަމްޕް 5 މިލިއަން އެމެރިކާ ޑޮލަރ ދިނުމަށްވެސް ކޯޓުގެ ނިންމުމުގައި ވަނީ ކަނޑައަޅާފައެވެ. 

މި މައްސަލާގައިވެ ހެކިވެރިއަކީ ޕްރޮފެސަރ އެޝްލި ހަމްފްރީއެވެ. މީގެ އިތުރުން ޓްރަމްޕްގެ ގާނޫނީ ވަކީލު ރުޑީ ގިލާނީ އާއި ދެކޮޅަށް ޖޯޖިއާގެ އިލެކްޝަން މުއައްޒިފަކު ކޯޓަށް ހުށައެޅި މައްސަލައެއްގައިވެސް ހެކިވެރިޔަކީ ޕްރެފެސަރ ހަމްފްރީ އެވެ. 

އެ މައްސަލައިގެ ޙުކުމް ކުރެވުނީ ގާނޫނީ ވަކީލު ގިލާނީ ޖޯޖިޔާ އިލެކްޝަންގެ މުޢައްޒިފް ރޫބީ ފްރީމަން ގެ އަބުރަށް އަރައިގެންފައިވާތީ އާއި އެފަދަ އަމަލުތައް ނުހުއްޓާނެކަމަށް ކޯޓުގައި އިޢުތިރާފު ވުމުން ނޫސްވެރިންނަށް ދުއްތުރާ ކުރުން ހުއްޓަން އަމުރުކުރުމާއެކު 148 މިލިއަން އެމެރިކާ ޑޮލަރ ރޫބީއަށް ދިނުމަށެވެ.

މި ޙުކުމާއި ގުޅިގެން އައި ރުޅީގައި ޓްރަމްޕް އަނެއްކާވެސް ރޫބީ ފްރީމަންއަށް ދުއްތުރާ ކުރުމުން އެމައްސަލަވެސް މިހާރު އޮތީ ކޯޓަށް ހުށައަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު އޮތީ ޖަނަވަރީ 15 އަށް ތާވަލް ކޮށްފައެވެ.ރައީސް ޓުރަމްޕް އަކީވެސް ގޮތްދޫނުކުރާ ބާރުގަދަ އެހާމެ މުއްސަދި މީހެއްކަން ފާހަގަ ކޮށްލަންޖެހޭނެއެވެ!                                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް