އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ބާރުއެޅުން : ބޮޑު ޖޯކެއް!

Loading

Facebook
Twitter
WhatsApp


އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލާއި ފަލަސްތީން އާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓުވާލުމަށް ބާރު އެޅުމުގެ ގޮތުން ޚާރިޖީވަޒީރު ބްލިންކެން އިސްރާއީލަށް ވަޑައިގެންފި ކަމަށް ބުނެފިއެވެ. ފަލަސްތީނުން ބުނެފައިވަނީ މިއީ ބޮޑު ޖޯކެއްކަމަށެވެ!

މިއީ ހަނގުރާމަ ފެށުނުފަހުން ބްލިންކެން އިސްރާއީލަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ގައްޒާއަށް އިންސާނީ އެހީ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް ރައީސް ބައިޑަން ކުރައްވަމުންގެންދަވާ މަސައްކަތުގެ ހިއްސާއެއްކަމަށް ވައިޓްހައުސް އިން ބުނެއެވެ. 

އެހެންނަމަވެސް ހަނގުރާމަ ހުއްޓުވުމަކަށް ވައިޓްހައުސްއިން ބޭނުމެއްނުވެއެވެ.ރައީސް ބައިޑަން ތަކްރާރު ކުރައްވަމުން ގެންދަވާ ޢިބާރާތަކީ ރަހީނުން ނެރުމަށްޓަކައި ހަމަހިމޭން ހިނދުކޮޅެއް އެބަ ބޭނުން ވެއެވެ.

އަދި އިސްރާއީލުގެ ދިފާއުގައި އެމީހުންނަށް ފެންނަކަމެއް ކުރެވެން ޖެހޭނެއެވެ. ހަމަ އެގޮތުން އެމެރިކާއިން ގެންދަނީ ސީދާ މި ހަނގުރާމައިގެން ތެރެއަށް ވަދެ ޔާހޫދީ ޒައަނިސްޓް ނަތަންޔާހޫގެ ސަރުކާރަށް ހުރިހާގޮތަކުން މަދަދު ފޯރުވަމުންނެވެ. އެނޫންގޮތަކަށް އިސްރާއީލަށް މިފަދަ އަނިޔާވެރި ގޮތަކަށް ގާޒާ ނައްތާލާނެ ކަމަށް ބުނެ ތަނެއް ދޮރެއް ބެލުމެއްނެތި ބޮންއަޅަމުން ނުގެންދެވޭނެކަން އެންމްނެވެސް ދެނެތެވެ. 

ޚަބަރުތައް ބުނާގޮތުގައި ޑިމޮކްރެޓުންގެ ތޭރަ މެމްބަރަކުވެސް ބްލިންކަންގެ މި ދަތުރުފުޅުގެ މަގްސަދަށް އޮތީ ރުހުންދީފައެވެ. އެބޭފުޅުން ދެއްވި ބަޔާނެއްގައި ބުނެފައިވަނީ ކަމާނުބެހޭ އާންމު ރައްޔިތުންނަށް ގެއްލުންދީ މަރަމުން ގެންދިޔައިމާއި އިސްރާއީލާ ފަލަސްތީނާ ދޭތެރޭ ސުލްޙަވެރި ވެއްޓެއް ގާއިމް ނުކުރެވޭނ ކަމަށެވެ. 

އެމެރިކާއާއި އަދި ބައިނަލް އަގްވާމީ ދުނިޔެ ދެކޭގޮތުގައި މިހާރު މެދުވެރިވެފައިވާ ޙާލަތުގައި އެކަށީގެންވާ ރަނގަޅު މިންވަރަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއިއާންމު ރައްޔިތުންނަށް އަނިޔާ ނުވާނެ ގޮތެއް ހޯދޭނެ ގޮތެއް ނޯންނާނެއެވެ. އެބުނާ ހަމަހިމޭން ވަގުތުކޮޅު ހޯދުމާބެހޭ ގޮތުން ބްލިންކަންވަނީ އިސްރާއީލުގެ ބޮޑުވަޒީރާއި އަދި ހަނގުރާމައާއި ބެހޭ ކެބިނެޓުގެ ވަޒީރުންނާވެސް ބައްދަލު ކުރައްވާފައެވެ.

ދެން ޚާރިޖީ ވަޒީރު ވަޑައިގަންނަވާނީ އައްމާނަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރޭވުމަކީ ޙަމާސް ބަލިކޮށްލުމަށް ފަހު ސަރަޙައްދުގައި ތިބި އެމެރިކާގެ ބައިވެރިންނާއި މަޝްވަރާކޮށްގެން ގައްޒާއާމެދު ގޮތެއް ނިންމުމެވެ. 

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބްލިންކެން އަށް ދަންނަވާފައިވަނީ އިސްރާއީލުގެ ސިފައިން ތިބީ ގައްޒާގެ އެތެރޭގައި އެ ސިޓީގެ ހުރިހާދިމާލަކުން ވަށާލައިގެން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރާއެކު ޚާރިޖީވަޒީރު ބްލިންކެން އާއި އެމެރިކާގެ އޮފިޝަލުން ބޭއްވި ބައްދަލުކުރެއްވުމުގައި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅަން ފެށުމުން ނަތަންޔާހޫ ވިދާޅުވެފައިވަނީ ރަހީނުކުރެވިފައި ތިބި 240 މީހުން ދޫކޮށްލުމުގެ ކުރިން ވަގުތީގޮތުން ވިޔަސް ހަނގުރާމަ ހުއްޓާ ނުލާނެކަމަށެވެ. 

7 އޮކްޓޯބަރުގެ ފަހުން ހިޒްބުއްލާ ގެ ލީޑަރ ހަސަން ނަސްރުއްﷲ ފުރަތަމަފަހަރަށް ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވެފައިވަނީ ހިޒްބުއްލާ އިން ހަނގުރާމައަށް ވަދެއްޖެ ކަމަށާއި މިހާރުވެސް ކްރޮސް ބޯރޑަރ ޙަމަލާތައް ބަދަލު ކުރެވެމުން ދާކަމަށެވެ.

އަދި މިވަރުން ފުއްދާ ނުލާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެބޭފުޅާގެ ވިސްނުމުގައި ހުރި އެއްޗެއްގެ ކުޑަމިންވަރެއް ހާމަކޮށްލިއިރު ގައްޒާގައި ޙަމާސްގެ ވެރިކަމެއް އޮވެގެން އިސްރާއީލުން ފަލަސްތީނަށް ގޯނާކުރުން ބަލާނުގަނެވޭނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އިސްރާއީލުގެ ބާރުގެ ދަށަށް ގައްޒާ ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

އިސްލާމީ އުންމަތުގެ މި ބައިބައިވުން ނެތިދާނެ ދުވަހަކަށް އެދި މާތްﷲ އަށް ދުޢާ ދެންނެވުން ނޫންގޮތެއް ނެތެވެ. އެއްބަޔަކު މަޒުހަބީތަފާތު ތަކުން ސަލާމަތްނުވެވިގެން އުޅޭއިރު އަނެއްބަޔަކު ފަލްސަފާއާއި އާދަކާދައިގެ ތަފާތުގެ ތެރެއަށް ގެއްލި ހުސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލުގެ އެންމެ ފުރިހަމަ ބާރާއިއެކު ގައްޒާ ސުންނާފަތު ކުރަމުން ގެންދާ ގެންދިއުން ވަގުތުން ހުއްޓަލަން އެމެރިކާގެ އަރަބި ބައިވެރިން އެދުނު އެދުން އެމެރިކާއަށް ގަބޫލެއް ނުކުރެވުނެވެ. 

މުޅި ގައްޒާ އޮތީ ބޮޑު ދުންގަނޑެއްގެ ތެރޭގައި ފޮރުވިފައެވެ. މިހާތަނަށް 9400 އަށްވުރެން އާންމު ރައްޔިތުންވަނީ ޝަހީދުވެފައެވެ. ހަނގުރާމަ ވަގުތުން ހުޓާލުމަށް ޖޯރޑްންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ  ބްލިންކަންއަށް ވިދާޅުވުމުން ޖަވާބުގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލައިފިނަމަ ޙަމާސްގެ މަގާމުތައް ވަރުގަދަ ކުރާނެ ކަމަށާއި އެއީ އެމެރިކާއިން ބޭނުންވާގޮތް ނޫންކަމަށެވެ.މިއިންވެސް އެނގުނު އެއްޗަކީ ކުރެވެމުންދާ އިސްރާއީލް ފަލަސްތީނު ހަނގުރާމަޔަކީ އެމެރިކާ ބެނުންވެގެން ބޭނުންގޮތަކަށް ނަތަންޔާހޫ ލައްވާ ކުރެވެމުންދާ ހަނގުރާމައެއް ކަމެވެ. 

ރިޕޯރޓަރުންނަށް މަޢުލޫމާތު ދެމުން ޙަމާސް ޖަމާޢަތުގެ އިސްބޭފުޅަކުވކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކަންއަށް ނުކުރެވޭ ވަރުގެ ކަންތައް ހިފައިގެން މެދުއިރުމައްޗަށް ނައުން މާ ބުއްދިވެރިވާނެ ކަމަށެވެ.

       

Loading

One Response

  1. އާއެކެވެ. ހަމަ ބޮޑު ޖޯކެކެވެ. އެމެރިކާއިން ހަތިޔާރާއި ފައިސާދީގެން ޢަރަބީންގެ ވެރީންވެސް ބިރުދައްކުވައިގެން އަދި ފަތަޙަ ޖަމާޢަތަށް ބިރުދައްކައިގެން ރިޝްވަތުދީގެން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ ކުރާ ކޮންދުވަހެއް ހެއްޔެވެ. ފަލަސްތީނު މިނިވަންކުރުމަށާއި ހަމަޖެހިލއިެން އުޅެވޭނެ ދިރިއުޅުމެއް ފޯރުކޮށް ދެވޭތޯ ޔޫ.އެން. ނިންމާ ކޮންމެ ގަރާރަކަށް އެމެރިކާ ވީޓޯ ކުރެއެވެ. އިސްރާއީލުން ފަލަސްތީނަށް ހިތައްއެރިގޮތެއް ހަދާލެވެނީ އެމެރިކާއިން އެގޮތަށް އެކަން ކުރުވާތީއެވެ. އެނޫންނަމަ އިސްރޭލަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މިހާރުވެސް ދަރާވިކިފައި އޮތް ގައުމެކެވެ. އެމެރިކާއިން އަހަރަކު 3.5 ބިލިއަން ޑޮަރާއި ބޭނުންވާ ހުރިހާ ހަތިޔާރެއް ދީގެން މެދުއިރުމަތީ ގެންގުޅާ ދައްޖާލެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް