އަޅުގަނޑަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން: މުޢިއްޒު

Loading

Facebook
Twitter
WhatsApp

ރިޔާަސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ  ވެރިކަމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވަނީ މި ގައުމުގެ މިނިވަންކަން އޮތް ހިސާބުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ވެސް މިއަދަކު ނެތެވެ.

“އަޅުގަނޑަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން. އެއަށްފަހު ގައުމުގެ އިގުތިސާދު މިނިވަންކޮށްދޭނަން.“ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް އިންތިޚާބުކޮށްފިނަމަ އެންމެ ފުރަތަމަ ވެސް ފަށާނީ ގައުމީ މަސައްކަތް ކަމަށާއި މިނިވަންކަމަށް ވުރެ މުހިންމު މަސައްކަތެއް ނެތް ކަމަށެވެ.

އެހެންކަމުން ގައުމު މި އޮތް ހާލަތުން އަރައިގަތުމަށްޓަކައި މިއަދާއި ހަމައަށް އޭނާ ދެއްކެވި ހުރިހައި ވާހަކަތަކާމެދު ރައްޔިތުން ފުންކޮށް ވިސްނެވުމަށް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

Loading

One Response

  1. ވޭތުވެދިޔަ ފަސް އަަހަރު ދުވަހުގެތެރޭ މިލިއަންފަހަނައަޅައި ބިލިއަންރުފިޔާގެ ޑްރަގު ހުއްޓުވައިފި އަދިއަތުލައިފި އެކަމުގެގެއްލުން
    އިންތިހާ ވެގެން ރާއްޖޭގެ ބޮޑަތިއަދިމެދުބައެއް ވިޔަފާރިތަށް
    ހިންގާ މީހުން ސަރުކާރުން ނުކުމެ ppm އަށް ބައިއަތުހިފި ކަމަށްބެލެވޭ!
    މިކަމަކީ ޔޯލައެއް ނޫން!
    މުއިއްޒުގެ ވަޢުދަކީ އެކަން މިނިވަން ކަމާއެކު ކުރުމުގެ ހުރިހާ
    ދޮރެއް ހުޅުވާލުން ކަމަށްވެދާނެ!
    ސެންބެގެ ކެންޕޭނަށް ނުކުމެ އެއުޅެނީ މަސްއޮޑިސިރުހާނުފަދަ
    މީހުނާއި އެގޭންގުގެ ބޮޑަތި އެތަށްބަޔަކާއި
    ކުއްޓިގެއެތަށްބަޔަަކަށްވާއިރު ޔަޤީނުންވެސް މިކަމަކީ ދިވެހިންގެ
    ދަރިފަސް ކޮޅު މިހާ ރަށްވުރެ 100ގުނަ އިތުރުވުމުގެ ރަނގަބީލެއް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް