އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ: ފައްޔާޒު

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދު އެމްޑީއޭއިން އަނބުރާ ގެންދިއުމާއި ގުޅިގެން ރޭ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލު ދެއްވީ ހިއްވަރުގެ މެސެޖެކެވެ.

ރައީސާއި އެމްޑީޕީ ދޫކޮށްލިކަން އެމްޑީއޭއިން އިއުލާނު

ކުރިތާ މާގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއް ކަމަށެވެ.

“ ބަލިކޮށް ނުލެވުނު ހިއްވަރު ގުޑާނުލެވުނު އަޒުމް ބާރަށް ކުރިއަށް “ މީދޫ  ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މުޙައްމަދުގެ އެމްޑީއޭގެ ނިންމުމަށް އިޙުތިރާމު ކުރައްވައި އަދި ފުރަތަމަ ބުރުގައި ކުރި ކެމްޕެއިނާއި ބުރަ މަސައްކަތަށް ޝުކުރުދަންނަވަމުން ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީއާއި އެކު ދެވަނަ ބުރުގައި ކުރިއަށް ދިއުމުގެ ބަދަލުގައި ޕީއެންސީ/ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާޢިދުކުރަން އެމްޑީއޭއިން ނިންމީ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައި މުޢިއްޒު ދެވަނަ ބުރުގައި މާބޮޑުތަނުން ވެސް ކާމިޔާބު ކުރައްވާނޭކަމަށް ފެންނާތީކަމަށް ޑެޕިއުޓީ ލީޑަރު އަޙުމަދު މަޢުރޫފު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޯލިޝަން ރޫޅާލަން ހުށަހެޅުއްވީ ކައުންސިލް މެންބަރު މުޙައްމަދު ޢައްބާސްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އަހުމަދު މަޢުރޫފެވެ. ހުށަހެޅުން ފާސްވީ 33 މެންބަރުގެ އަޣްލަބިއްޔަތުންނެވެ. އެއާ ދެކޮޅަށް ވޯޓުދެއްވީ ދެ މެންބަރެކެވެ.

ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވި ދަށް ނަރީޖާއަށްފަހު ޝިޔާމު ދެވަނަ ބުރުގެ ކެމްޕެއިނަށް ނުނިކުންނަވައެވެ.

ފުރަތަމަ ބުރުގައި މުޢިއްޒު ލައްކައަކަށް ވުރެ ގިނަވޯޓު ހޯއްދެވިއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހޯއްދެވުނީ 86،000 ވޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް