މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް ނިންމަވައިިފި

Loading

Facebook
Twitter
WhatsApp

ލ.މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބު ފެށެން އެއް ދުވަހަށްވެފައި ވަނިކޮށް ގަމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެހެންވެ މުންޑޫ އަދި ކަޅައިދޫއިން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50,000 ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

މި އިނާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ  05 އޮކްޓޯބަރުން 21 އޮކްޓޯބަރުގެ ނިޔަލަށެވެ.

މި ހުރިހާ ދުވަސްވީއިރު ވެސް އިއުލާނު ނުކޮށް ތިބެފައި އިންތިޚާބު ފެށެން ހިނދުކޮޅަކަށްވުމުން މިކަން އިއުލާނުކުރީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ގަމުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް