އަންނަ އާދީއްތަ ދުވަސް ބަންދު

Loading

Facebook
Twitter
WhatsApp

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙާއްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވާތީއާއި އިންތިޚާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި ޢާންމުން އިންތިޚާބުގެ ކަންތައް ތަކުގައި ބައިވެރިވާތީި އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން އަބަދުވެސް ޙަރަކާތްތެރިވެއެވެ. އެހެންވެ އެ މީހުނަށް ލުޔެއް ދިނުމަށް އެ ދެއިންތިޚާބާއި ގުޅިގެން ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދު ކުރެއެވެ.

މި މަހު 9 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދެދުވަހަށް ސަރުކާރު ބަންދުކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް