މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް

Loading

Facebook
Twitter
WhatsApp

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ “ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ މި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ.

މާލޭގައި މި ހިނގާލުން ކުރިއަށްދާއިރު މިއަދު ހަވީރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ސައިކަލު ބުރު ކުރިއަށް ގެންދަން ވެސް ނިންމައިފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މުޢިއްޒު ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށަކަށްހެން ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް ދެފަހަރު މަތިން ވަޑައިިގެންނެވިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ޑރ.މުޢިއްޒުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް