ވަގަށް އެތެރެކުރި ރަންތައް ނެގުމުން އަހަރެއްގެތެރޭގައި ދައުލަތަށް 10 މިލިއަން ރުފިޔާ

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ ދަޢުވާކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން ވަގަށް ރަން އެތެރެ ކުރާ މީހުންގެ މައްޗަށްޖިނާއީ ދަޢުވާކޮށް ރަންތައް ދައުލަތަށް ނަގަން ނިންމި ކަމަށެވެ.

އެހެން ކަމާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަގަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ރަން ދައުލަތަށް ނަގާފައިވާ ކަމަށް އެއޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ހުރި މިންވަރަށް ބަލާއިރު އެރަންތައް ދައިތަށް ނެގުމުން 10.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ.

ޢާންމު ގޮތެއްގައި ރާއްޖެއަށް ވަގަށް ރަން އެތެރެކުރަނީ ބިދޭސީންނެވެ. ގިނަ މައްސަލަތަކުގައި އެމީހުންގެ މައްޗަށް ކުށް ސާބިތުވުމުން ޖަލަށްލުމުގެ ބަދަލުގައި އިއްވަނީ ޖޫރިމާނާގެ އަދަބެކެވެ.

ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން 6،000 ރުފިޔާއަށް ވުރެ އަގުބޮޑު މުދާތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ކަސްޓަމްސް ގައި ޑިކްލެއާ ކުރަންޖެހެއެވެ. އަދި އެއަށްވުރެ އަގު ދަށްވިއަސް ޚާއްޞަ ހުއްދައެއް ބޭނުންވާ ބައެއް ބާވަތުގެ މުދާ ޑިކްލެއާ ކުރަންޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް