ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވާ: މުޢިއްޒު

Loading

Facebook
Twitter
WhatsApp

ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި 

ވޯޓުލުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މުޢިއްޒު މި ގޮތަށް އިލްތިމާސް ކުރެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުޢިއްޒު ވަނީ ފުރަތަމަ ބުރަށްވުރެ ގިނަ މީހުން ނުކުމެ ވޯޓުލުމަށް އިލްތިމާސް ކުރައްވައިފައެވެ.

“އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓު ލައި ދެއްވާށޭ.“

އަދި ވީހާވެސް އަވަހަށް ވޯޓު ލުމަށް އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ  ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 ގައި ފަށާފައިވާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް