އިންތިޚާބާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

Loading

Facebook
Twitter
WhatsApp

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ. 

“ އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި“

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައިރު އިންތިޚާބާ ގުޅުންހުރި މައްސަލަތަކުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެތެރޭގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ވެސް ހިމެނެއެވެ.

މިފަދަ މައްސަލަތަކުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު, ވޯޓު ކަރުދާސް ދޭއިރު ކުރަހާފައި ހުންނާތީ ލ.ފޮނަދޫގައި ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ. އެއީ ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް