''ވެރިޔަކު އިންތިޚާބުކުރުން ސިޔާސީ ކަމަކަށް ނުހަދާ, މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނޭ''

Loading

Facebook
Twitter
WhatsApp

ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށާއި މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ.ޒާހިރު މިހެން ވިދާޅުވީ މިއަދު މެންދުރު ކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ އެދިވަޑައިގެންފައިވަނީ ގައުމަށް ވެރިއަކު އިންތިޚާބު ކުރުމަށް

ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށެވެ. މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“ބޮޑު ތަފާތަކުން ދީނީ ގިނަ އިލްމުވެރިން ވަކި އަތަކަށް ބުރަވެފަ [ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު] އެވަނީ އެކަމުގެ ވަށައިގެން ހުރި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަވާފަކަން ޔަގީން.“

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ރާއްޖޭގެ 100 ދީނީ އިލްމުވެރިއަކު ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެ އިލްމުވެރިންގެ ތެރޭގައި ރާއްޖޭގައި ދީނީ ތަގުރީރުކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ މަޝްހޫރު އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ބަޔާނުގައި ވަނި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ޚުލްގު ހެޔޮ ކެންޑިޑޭޓަކީ ޑރ.މުޢިއްޒުކަމުގައި ފާހަގަކުރައްވައިފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް