އެތެރޭގެ ދަތުރުތަކަށް ”ނޯ“، ހުޅުލެ  ނުވަތަ ހުޅުމާލެ ނަމަ ހޭވައްލާ ތައްޔާރު!

މާލެއަކީ ފުރި ބާރުވެފައިވާ ކާރޫބާރޫ ބޮޑު ސިޓީއެކެވެ. މި ސިޓީގެ  މަގުތައް އޮތީވެހިކަލްތަކުން ތޮއްޖެހިފައެވެ. ވެހިކަލް ކެރީން  ކެޕޭސިޓީއެއް ކަނޑަ ނޭޅި، އެކަށީގެންވާވަރަށް ވުރެ ގިނައިން  ވެހިކަލްތައް މިވަނީ މާލެއަށް ގިނަވެފައެވެ. އުމުރުން ދޮށީ ވެހިކަލްތައް ނައްތާލެވޭނެ އުސޫލެއްވެސް ނެތެވެ. ބައެއް މަގުތަކުގައި ޕާކުކޮށްފައި ހުންނަތާ 15-20 އަހަރުވީ ވެހިކަލްތައްވެސް  އެބަހުއްޓެވެ. ބާދަނގަނޑަށްވާއިރުވެސް އެ ވެހިކަލްތައް އެތަނުން ނުނަގައެވެ.  ދަމަކުން ބަޑިއެއްޖަހާހެން ބައެއް ފަހަރު ފުލުހުން އެ ވެހިކަލްތައް ޓޯކުރެއެވެ. ނުގަވާޢިދުން ޕާކް ކޮށްފާ ނުންނަ ސައިކަލް ކާރުތަކުގައި ސްޓީކާޖަހާފޯރީގެ 5%ގައިވެސް އެގޮތަށް މަގުމަށްޗަށް އެއްލާލެވިފައި ހުންނަ އަޅާނުލާ ވެހިކަލްތަކަށް އެޓެންޑެއް ނުކުރެއެވެ. ބައެއް މަގުތަކުގެ ދެފަރާތުގައިވެސް ކާރުތައް ޕާކްކޮށްފާ އެތަކެއް މަހެއްވަންދެން ހުށްޓާ އެބަފެނެއެވެ.  މާލެއަކީ އެކިއެކި ސަބަބުތަކާހުރެ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ  އެއްބައި އުޅޭ މައިސިޓީއެވެ. އެމްޓީސީސީން މި ފަހުން  ތައާރަފްކުރި މިނީ ބަހުގެހިދުމަތްފެށެންދެންވެސް މާލޭގެ އެތެރޭގެ މަގުތަކުގައި އާއްމު ދަތުރުފަތުރުގެ ނިޒާމެއް (ޕަބްލިކްޓްރާންސްޕޯޓެއް) ނެތެވެ. ފުރިހަމަ އާއްމު ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީތަރައްގީވެފައިވާ ގައުމުތައް  ތަރައްގީވި ސަބަބެއްވެސް މެއެވެ. މިނީ ބަހުގެ ކުރިން މާލޭގެ އެތެރޭގެ ދަތުރުފަތުރުތައް  ކޮންޓްރޯލްކުރަނީ، ޓެކްސީޑްރައިވަރުންނެވެ. އެތައް  ސަތޭކަ ޓެކްސީ ޑްރައިވަރުންނެއް މާލޭގައި ޙަރަކާތްތެރިވާއިރު، އާއްމު ރައްޔިތު މީހާއަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ނުލިބެއެވެ.  ޓެކްސީއެއް ހޯދުމުގެ  އިތުބާރު ހިފޭ ނިޒާމެއް ނެތެވެ. ބައެއް އެޕްލިކޭޝަންތައްހުއްޓަސް އޭގެންވެސް އެއްވެސް ޔަގީންކަމެއް  ނޯވެއެވެ. އޮންނަނީ ޓެކްސީޑްރައިވަރުން ހިތަށް އެރުމެވެ. ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ދައުރުގައި، ގާދޫކޮލު ހިއްކައި  ފެނުން މައްޗަށްއުފުލައިލި ބޮޑު ބިޔަ ބުރިޖާއެކު އެއްގަމު މަގުން  މާލެއާއި ހުޅުމާލެ އަދި ހުޅުލެގުޅުންވެގެން ދިޔައީ ޓެކްސީ  ޑްރައިވަރުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މާލެއާއި  ހުޅުމާލެއާ ނުވަތަ ހުޅުލެއާ ދެމެދު ދަތުރު ކޮށްލައިގެން އެތެރޭގެދަތުރުތަކަށްވުރެ ޑަބަލް އަގު ލިބިއެވެ.  އެހެންވެ، ޓެކްސީ ޑްރައިވަރުން މާލޭގެ އެތެރޭގެ ދަތުރުތައް  […]

އަނެއްކާވެސް ފުލުހަކަށް ހަމަލާދީ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް އިންޒާރު މާރާމާރީ ހިންގި މީހަކު އއ. ތޮއްޑޫން ރޭ ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންގެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އެ މީހާ ހައްޔަރުކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނިކޮށް އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގެއަށް ފިރިހެން މީހާ ވަދެ އެގެއިން ނިކުތުމަށް ދެކޮޅު ހެދުމުން […]

އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދީފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ތިން ކުންފުންޏަށް ހުއްދަ ދީފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ މަހަލްދީބް ހއްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ލިލްހައްޖި ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑާއި، ޘާބިތު ލިލްހައްޖި ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ކުންފުނިތަކަށް ދޫކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ. ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ 44 ކުންފުންޏަކަށް މިހާތަނަށް […]

ވޯޓާ ތީމް ޕާކް އަތުލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ތަރައްގީކުރުމަށް ބޭރުކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް އެ ބިން އަތުލުމަށް އެޗްޑީސީން ނިންމި ނިންމުމަށް ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ހހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏެއްކަމަށްވާ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ އާއި ހަވާލުކުރީ 2017 ވަނައަހަރުއެވެ. އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޗްޑީސީން ނިންމީ ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކޮށް ގިނަ ދުވަސްވާތީ ކަމަށް […]

އައްޑޫސިޓީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ޓޫރިސްޓް ފެސިލިޓީ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީކައުންސިލުން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ އައްޑޫ ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށެވެ. ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްތައް މި މަހު 28 އިން އަންނަ މަހުގެ ހަތަރަކާ ހަމައަށް ދޫކުރާނެ ކަމަށެވެ. އަދި  ބީލަމުގައި ބައިވެރިވާން މި މަހުގެ 27 ގެ މެންދުރު […]

ރައީސްގެ ދެ ކަނބަލުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވުމަށްފަހު ރާއްޖެ ވަޑައިގަންނަވައިފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހަވަހާރަވުމާއި ގުޅިގެން އެކަމަނާގެޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާ ލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ މި […]

މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި

މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް އޫރީދޫ އެމް ފައިސާގެ ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ހިދުމަތް ތައާރަފު ކޮށްފައިވަނީ އިއްޔެ ކ. ހިންމަފުށި، މަސްޖިދުލް އިނާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ހިދުމަތާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސް ވުމުގައި އިސްލާމިކް މިނިސްޓީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ […]

ތިލަފުށިން ބޯކޮށް ދުންއެރުން އެކަށީގެންވާތީ ސަމާލުވާން އަންގައިފި

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާ އަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ބޯކޮށްދުން އެރުން އެކަށީގެންވާތީ ސަމާލުވާން އަންގައިފިއެވެ. ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން (ވެމްކޯއިން) ބުނީ ތިލަފުށީގައި ވަގުތީ ގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި އިއްޔެ މެނދުރު އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެމްކޯއިން ހާމަނުކުރެއެވެ. ވެމްކޯއިން ބުނީ އަލިފާންގަނޑު އެންއެމްޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ވެމްކޯގެ މުވައްޒަފުން ގުޅިގެން ނިންވާލެވިފައިވާ ކަމަށާ ނަމަވެސް  އެ […]

ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން  ފަސްނުޖެހޭނަން – ޕުޓިން 

ބައިނަލް އަގްވާމީ މީޑިއާތަކުން މިހާރު ލިބެމުންދާ ޚަބަރު ތަކުގައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ރަޝިޔާގެ ބައެއް ރިޒާވް ސިފައިންގެ ފައުޖުތައް ހަނގުރާމައަށް ނެރުމަށް ރަޝިޔާގެ ރައީސް ޕޫޓިން އަމުރުކުރެއްވި ވާހަކައެވެ.  ބައެއް މީޑިއާއިން ދެކޭގޮތުގައި ރައީސް ޕޫޓިން މިގޮތަށް ނިންމެވުމުގެ އަސްލަކީ 7 މަސްދުވަސް ފާއިތުވެގެން މިދާ ޔޫކްރެއިންގެ ހަނގުރާމަ ރަޝިޔާއިން ބޭނުންވާގޮތަށް ކުރިއަށް ނުދިއުމާއި އަދި ފާއިތުވެގެން މިދާ ދުވަސްތަކުގައި ހަނގުރާމައިގެ މައިދާނުން ރަޝިޔާއަށް ލިބެމުންދާ ގެއްލުންތަކެވެ.  މިއަދު ހެނދުނު ޓީ. ވީ. މެދުވެރިކޮށް ވާހަކަ ދައްކަވަމުން […]

ކޮންމެ ދެ ހަފްތާއަކުން އައިފޯން 13 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބެންކުން މިއަދު ފަށައިފި އެވެ. މިޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރުމަހުގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނެއް މިޕްރޮމޯޝަންގެ ދަށުން ގުރުއަތުގައި ބައިވެރި ކުރާނެއެވެ. އަދި ކޮންމެ ދެ ހަފްތާއަކުން ހޮވޭ ނަސިބުވެރި އެއް ފަރާތަކަށް އައިފޯން 13 ޕޮރޯއެއް ލިބޭނެ އެވެ. މީގެ އިތުރުން […]