ތިލަފުށިން ބޯކޮށް ދުންއެރުން އެކަށީގެންވާތީ ސަމާލުވާން އަންގައިފި

Facebook
Twitter
WhatsApp
big_02Il0DWQSoEQLW8bT8USgTI6B

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާ އަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ބޯކޮށްދުން އެރުން އެކަށީގެންވާތީ ސަމާލުވާން އަންގައިފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން (ވެމްކޯއިން) ބުނީ ތިލަފުށީގައި ވަގުތީ ގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި އިއްޔެ މެނދުރު އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެމްކޯއިން ހާމަނުކުރެއެވެ.

ވެމްކޯއިން ބުނީ އަލިފާންގަނޑު އެންއެމްޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ވެމްކޯގެ މުވައްޒަފުން ގުޅިގެން ނިންވާލެވިފައިވާ ކަމަށާ ނަމަވެސް  އެ ސަރަހައްދުން ދުން އަރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

 އަދި ކުރިއަށް އޮތް ހަފްތާ އެއްހާ ދުވަހުގެ އެ ސަރަހައްދުން އަލިފާންފެނި ބޯކޮށް ދުން އެރުމީ އެކަށީގެންވާ ކަމެއްކަމަށެވެ.

ވެމްކޯއިން ބުނީ  ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގައި ދުވާލެއްގެ މައްޗަށް 500 ޓާނަށްވުރެ ގިނަ ކުނި ޕްރޮސެސްކޮށް ބޭލްކުރަމުންދާކަމަށެވެ. ނަމަވެސް ތިލަފުއްޓަށް ގެނެވޭ ކުނީގެ އަދަދު އިތުރުވެފައިވުމާއި ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާތީ ވަގުތީގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާއި ދެމެދުގައިކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ ތިލަފުށީ ކުނިގޮނޑުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.  އަދި ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވެމްކޯއިން ހާމަކުރެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް