ވޯޓާ ތީމް ޕާކް އަތުލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ތަރައްގީކުރުމަށް ބޭރުކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް އެ ބިން އަތުލުމަށް އެޗްޑީސީން ނިންމި ނިންމުމަށް ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏެއްކަމަށްވާ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ އާއި ހަވާލުކުރީ 2017 ވަނައަހަރުއެވެ. އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޗްޑީސީން ނިންމީ ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކޮށް ގިނަ ދުވަސްވާތީ ކަމަށް ބުނެއެވެ.

އެ ނިންމުމަށް އަމަލުކުރުން ލަސްކުރުމަށް އެދި ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ އިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެކުންފުނިން ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ ސިވިލް ކޯޓުން އެ ފަދަ އަމުރެއް ނެރެނުދިނުމުންނެވެ.

ހައިކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނި އޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރީ އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ނޫންގޮތަކަށް އެ ކޯޓުން އަންގަންދެން ކަމަށެވެ.  


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް