އަނެއްކާވެސް ފުލުހަކަށް ހަމަލާދީ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

Facebook
Twitter
WhatsApp
Police-1-800x468-2-750x375

ފުލުހުންނަށް އިންޒާރު މާރާމާރީ ހިންގި މީހަކު އއ. ތޮއްޑޫން ރޭ ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި އަނިޔާވި ފުލުހުންގެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އެ މީހާ ހައްޔަރުކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނިކޮށް އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގެއަށް ފިރިހެން މީހާ ވަދެ އެގެއިން ނިކުތުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

ފުލުހުން އެ ގެއަށް ދިޔައީ ފިރިހެން މީހާ އަންހެން މީހާގެ ގެއަށް ވަދެ އެ ދެ މީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް ފިރިހެން މީހާ އަނިޔާކުރާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުން ދިއުމުން ފިރިހެން މީހާ ފުލުހުންނަށް އިންޒާރުދީ، މާރާމާރީ ހިންގާ އަދި ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންނަށް ހަމަލާ ދިނުމާއި އިންޒާރުދިނުމުގެ މައްސަލަތައް އިތުރުވެފައިވާއިރު ފާއިތުވި ހަފްތާގައިވެސް ތިން ފުލުހަކަށް ވަނީ އަނިޔާކޮށްފައެވެ. އަދި ފުލުހުންގެ އިދާރާއަށް ވަދެ ފުލުހުންނަށް އިންޒާރު ދިން މައްސައެއްވެސް ފެންމަތިވެފައިވާއިރު އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.


Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް