މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް އޫރީދޫ އެމް ފައިސާގެ ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ހިދުމަތް ތައާރަފު ކޮށްފައިވަނީ އިއްޔެ ކ. ހިންމަފުށި، މަސްޖިދުލް އިނާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ހިދުމަތާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސް ވުމުގައި އިސްލާމިކް މިނިސްޓީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހާލިދު އަލް ހަމާދީއެވެ.

އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް އެހީދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކިއު.އާރް ކޯޑެއް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން މިނިސްޓްރީގެ ”މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑު“ އަށް ފައިސާ ހަދިޔާކުރެވޭނެގޮތް ވަނީ ހަދާފައެވެ.  

މި ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. އުރީދޫން ބުނީ މި ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް ކައިރި މުސްތަގުބަލެއްގައި ބަހައްޓަމުންގެންދާނެކަމަށެވެ.  
ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތުކޮށް އަދި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ޖަމާކުރަން އުފައްދާފައިވާ ފަންޑެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް