ޑޮކްޓަރުގެ އެޕޮއިންޓް މަންޓް ކެންސަލް ވުމަކީ ބޮޑު އަނިޔާއެއް
ބަލި ބޮޑުވަމުންދާތީ ރަށުގެ ސިއްޙީމަރުކަޒުގެ ޑޮކްޓަރ ލަފާދެއްވީ އެތަންތަނުގެ ސިއްޙީ ޚިދުމަތް ހުންނަ ނިކަމެތިކަމުން މާލެ ދިއުމަށެވެ. އެހެންކަމާއެކު އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރަކަށް އެޕޮއިންޓް މަންޓެއް ވަރަށް އުނދަގުލުން ނޯޓް ކުރީމެވެ. ނޯޓްކުރުމަށް ފަހު ހޮސްޕިޓަލުން ވިދާޅުވީ އެޕޮއިންޓް މަންޓް ހަމަޖެހުނުހާ އަވަހަކަށް ގުޅުއްވާނެ ކަމުގައެވެ. ހަމަޖެހޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ. ހޮސްޕިޓަލުން މިހެން ވިދާޅުވުމުން މާލެ ގޮސް ބޭސްފަރުވާ ކުރަން ހުރުމާއި ކެއުމުގެ ޚަރަދު ރައްޓެހިންގެ އަތުން ހޯދާ ތައްޔާރު ވެލީމެވެ. ކޮންމެއަކަށް އެޕޮއިންޓްމެންޓް […]
މާކަނާ ރާއްޖެއަށް ވީގޮތް ދޫނިރާއްޖެއަށް ވެދާނެއެވެ.
މިލިއުން ފެށިފައިވާނީ މުޅިންވެސް ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިއެފައިވާ ވާހަކައަކަށެވެ. އެއްވެސް މުޖުތަމާ އަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް އަމާޒުކުރުމަކީ ލިޔުމުގެ މަގްސަދެއްނޫނެވެ. ބަދަލުވަމުންދާ ދުނިޔޭގެ މަސްރަހުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭތީ އެކަމާމެދު އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމާ ހޭލުންތެރި ކުރުވުމުގެެ ބޭނުމުގައެވެ. އަންޒަމާނުއްސުރެން ދޫނިރާއްޖޭގެމީހުން ދެވަނަ ވަޒަނެއްގެ ގޮތުގައި ބަލަމުންއަންނަނީ މާކަނާ ރާއްޖެއެވެ. ފަހަރެއްގައި މި ދެރާއްޖެއަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްކުރެވޭ ދެ ރާއްޖެއަކަށްވުން އެއީ އޭގެ ސަބަބު ކަމުގައިވެސް ވެދާނެއެވެ. ދޫނިރާއްޖޭގެ މީހުން މަހުގެ ބާވަތްތަކާއި […]
އެމްޑީޕީ ކޯލިޝަން ސަރުކާރަށް 4 އަހަރު ފުރެން ދަނީ، އަދިވެސް ރިބަން ކަނޑަނީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގާކަމަށް ވާހަކަދެކެވި އަޑުތައް ފެތުރެމުން ދިޔަކަމަށް ވިޔަސް ގިނައިން ހުޅުވަމުން ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ގެންދެއެވެ. ކުރެންދޫ ކައުންސިލްގެ ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާކުރުމުގެ އުފަލުގައި އަންގާރަ ދުވަހުގެ ރޭ ކުރެންދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައިތާ […]
ޢަދުލު އިންސާފުގެ ބާރު
މުޅި ކާއިނާތު އުފެދި ދުނިޔެ އާބާދީ ވީއްސުރެ އެންމެ އިސްކަމެއް ދެވިފައި އޮތީ ޢަދުލު އިންސާފަށެވެ. ހުރިހާ ސަމާވީ ދީންތަކެއްގެ އެންމެ މަތިވެރި އުސޫލަކަށް އޮތީ ޢަދުލު އިންސާފެވެ. އެކިއެކި ނަޒަރިއްޔާތުގެ އަސްލަކަށް ބަލާފައި އޮތީވެސް ޢަދުލު އިންސާފެވެ. މިހެންވާންޖެހުނީ ޢަދުލު އިންސާފުނެތި އެއްވެސް އުއްމަތެއްގެ އަދި އެއްވެސް މުޖުތަމައެއްގެ ކާމިޔާބު ފެނިގެން ނުދާނޭކަން އިންސާނުންނަށް ކަށަވަރުވާތީއެވެ. ބޮޑުއެތި ކުޑައެއްޗަށް ޙަމަލާދީ ވަރުބަލި ކޮށްލައި ކާލާނީއެވެ. ބާރުގަދަ މީހާ ބާރުނެތް މީހާ ޙަމަލާދީ އެތަނަކަށް ވެރިވެގަންނަނީއެވެ. މާތްވެގެންވާ […]
އަފުޣާނިސްތާން: ސަރުކާރުގެ މުވައްޒަފުން ތުބުނޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކިކުރަނީ
ސަރުކާރުގެ ވަޒީފާ އަދާ ކުރާ ފިރިހެނުން ތުނބުޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ. އަދި ތުނބުޅި ބެހެއްޓުމަށާއި ހެދުން އެޅުމުގެ ގަވައިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އަންގައިފިއެވެ. ސަރުކާރުން ބުނިގޮތުގައި ތުނބުޅި ދިގުނުކުރާ މުވައްޒިފުންނާއި ހެދުން އެޅުމުގެ ގަވައިދަށް އިހުތިރާމު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރެވޭނެއެވެ. ޠާލިބާން ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި މުޖުތަމިއުން ނުބައިކަންތައް ހުއްޓުވައި ރަނގަޅު އާދަތައް އަށަގެންނެވުމަށް […]
އުޖާލާ ޙަޔާތެއްތޯ؟ ހިތްދަތިކަންތޯ؟
ބާއްޖަވެރި ޒަވާޖީ ޙަޔާތަކީ ކޮންމެ މީހެއްގެވެސް އެންމެބޮޑު އެއް އުންމީދެވެ. ރަނގަޅު ބައިވެރިޔަކު ހޯދައި އުފާވެރި ޙަޔާތަކީ ”ވަޔަކުން“ ލިބޭހައި ފަސޭހަ އެއްޗެއްނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގައި ތިމާ ގެންގުޅޭ އުޞޫލުތަކާއި ތިމާ ޤަބޫލުކުރާ ޤަބޫލުރުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ހަމަޖެހޭ ދިރިއުޅުމެއް ބިނާވަނީ ޙަޔާތުގެ މައިދާނުގައި ތިމާ ނިންމާ ނިންމުންތަކާއި ގެންގުޅޭ ރަނގަޅު އާދަތަކުގެ މައްޗަށެވެ. މިގޮތުން އަޅުގަނޑު ބަލައިލާނީ ޒަވާޖީ ޙަޔާތެއް ބާއްޖަވެރިކުރުމުގައި ދުރުހެލިވާންޖެހޭ އާދަތައް އަދި ގެންގުޅެންޖެހޭނެ އާދަތަކާއި ސިފަތަކުގެ މައްޗަށެވެ. ދިރިއުޅުމުގައި […]
ސަރބިއާ ދެމެދު ގުޅުން ވަރުގަދަކުރަނީ
ދިވެހިރާއްޖެއާއި ޔޫރަޕް ގައުމެއް ކަމަށްވާ ސަރބިއާއާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުއްލާ މައުސޫމް އާއި ސަރބިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރ ޓަޓިޔާނާ މަޓިޗްގެ ދެމެދުގައެވެ. މިނިސްޓަރު މައުސޫމް ކުރައްވާ މި ދަތުރުފުޅަކީ ޓަޓިޔާނާ މަޓިޗްގެ ދައުވަތަކަށް ސަރބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ގުޅުން އިތުރަށް […]
އައްޑޫސިޓީގައި ހުޅުވި ފުލުސް އެކަޑަމީ އަކީ އިންޑިއާގެ މިލިޓަރީ ބޭހެއް: އުމަރު
ފުލުހުންނަށް ތަމްރީން ދޭން ކަމަށްބުނެ އައްޑޫ ސިޓީގައި ހުޅުވި ފުލުސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރާނެ ތަނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިންޑިއާ ހިލޭ އެހީގެ ދަށުން ތަރައްގީކޮށް ”ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް“ގެ ނަމުގައި ފުލުސް އެކަޑަމީއެއް ހުޅުވީ އިއްޔެއެވެ. މި އެކަޑަމީ ހުޅުވައިދެއްވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. މި އެކަޑަމީ އާއި ގުޅިގެން […]
ދެ ސިޓީއަށް ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ދަތުރު ނިންމަވާލައްވާފަ މާލެ ވަޑައިގަންނަވައިފި
ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި […]
ރައީސުލް ޖުމުހޫރިއްޔާ އައްޑޫ މީދޫ ބަނދަރު ހުޅުވައި ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު، އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ. އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 115 މީޓަރުގެ ބޭރުތޮށީ ޖެހުމާއި 496 […]