އަފުޣާނިސްތާން: ސަރުކާރުގެ މުވައްޒަފުން ތުބުނޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކިކުރަނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ވަޒީފާ އަދާ ކުރާ ފިރިހެނުން ތުނބުޅި ދިގު ނުކުރާނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ. އަދި ތުނބުޅި ބެހެއްޓުމަށާއި ހެދުން އެޅުމުގެ ގަވައިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އަންގައިފިއެވެ.

ސަރުކާރުން ބުނިގޮތުގައި ތުނބުޅި ދިގުނުކުރާ މުވައްޒިފުންނާއި ހެދުން އެޅުމުގެ ގަވައިދަށް އިހުތިރާމު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރެވޭނެއެވެ.

ޠާލިބާން ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި މުޖުތަމިއުން ނުބައިކަންތައް ހުއްޓުވައި ރަނގަޅު އާދަތައް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތް ހިނގާ ނުހިނގާ ގޮތް ސަރުކާރުން ބަލަމުން ގެންދާނެއެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ދާނެއެވެ.

ޠާލިބާނުން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ ދީނާއި ސަގާފަތް ދިރުވައި އަފްޣާނިސްތާނަކީ ނަމޫނާ މުސްލިމް ގައުމަކަށް ހެދުމަށެވެ. އަދި ގައުމުގެ ރައްޔިތުން ލާންޖެހޭނީ ވެސް ދީނީ ހަމަތަކަށް ފެތޭ ސަގާފީ ހެދުން ތައްކަމަށް ވެސް ބުނެފައިވެއެވެ.

އަންހެނުން ސްކޫލްތަކަށް ނުފޮނުވުމަށާއި މަޙުރަމުންނާ އެކު ނޫނީ އަންހެނުންނަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެ ޠާލިބާނުން ހަދާފައިވާ ގަވައިދާ ދެކޮޅަށް އަފްޣާނިސްތާނުގެ އިތުރަށް މުޅި ދުނިޔެއިން ދަނީ ދެކޮޅުހަދަމުންނެވެ.

 

Loading

2 Responses

  1. ރާއްޖޭގައި ތުނބުޅި ދިގުކޮއް އަދި ބުރުގާއެޅީމާ ވަޒީފާ ގެއްލެނީ!މިހިނެތްއެވަނީ؟

  2. އެއްވެސް މައްސަލައެއް ނޫން. އެމީހުން ޖުއްބާ ލާން ބޭނުމިއްޔާ ޖުއްބާލާންވީ. ކޯޓް ފަޓުލޫނު ލާކަށް ނުޖެހޭނެ. ތުބުޅި ކަހާ މީހުން ކަހައިގެންވެސް އުޅެންވީ. ދިގުކުރަން ބޭނުން މީހުން ދިގުކޮށްގެންވެސް އުޅެންވީ. އިންޑީއާގެ ސިކުން ބޮލުގައި ގޮށް ޖަހައިގެންވެސް އެ އުޅެނީނު؟ ހަމަ އުޅެންވީ. މައްސަލައަކަށްވަނީ ތިމާ ބޭނުން ގޮތަކަށް އެހެން މީހުން އުޅެން މަރުދީ އެނޫނީ އެއީ ޖާހިލުން ކަމުގައި ދެކޭތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް