އެމްޑީޕީ ކޯލިޝަން ސަރުކާރަށް 4 އަހަރު ފުރެން ދަނީ، އަދިވެސް ރިބަން ކަނޑަނީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގާކަމަށް ވާހަކަދެކެވި އަޑުތައް ފެތުރެމުން ދިޔަކަމަށް ވިޔަސް ގިނައިން ހުޅުވަމުން ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ގެންދެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާކުރުމުގެ އުފަލުގައި އަންގާރަ ދުވަހުގެ ރޭ ކުރެންދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައިތާ މިހާރު 4 އަހަރު ފުރެން ދާއިރު އަދިވެސް ރިބަން ކަނޑަނީ ކުރީ ސަރުކާރުގެ މަޝްރޫއުތައް ހުޅުވަންކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި އެމްޑީޕީގެ ކޯލިޝަން ވެރިކަމަށް މިހާރު ހިނގަމުން މިދަނީ 4 ވަނަ އަހަރުކަމަށާއި މުޅިދައުލަތަށް އާމުދަނީ ލިބޭނެ ފަދަ ބޮޑު އެއްވެސް މަޝްރޫޢެއް ފެށިއްޖެތޯ ސުއާލުކުރެއްވިއެވެ. އަދި ރިބަން ކަނޑަނީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކުގެ ނިމުން ކަމަށް ވިދާޅުވިއެވެ. އަދި ބައެއްތަންތަން އެހުރީ ހުޅުވަން ނުކުރިގެން ބަހައްޓާފައިކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އަޅަންފަށައި 5 އަހަރުގެ ވެރިކަން ނިމުމަކަށް އައިއިރު ގާތްގަނޑަކަށް ނިމިފައިވާ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވައި ބޭނުންނުކޮށް ހުންނާތީ އެތައްހާސް ބައެއްގެ ފާޑުކިއުމާއި ނުރުހުން ސަރުކާރަށް ރައްދުވެފައިވެއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރަމުން ދަނީ ރަސްމީކޮށް ހުޅުވުމެއްނެތިއެވެ. ސަރުކާރުން ކުރާ ކުދިކުދިކަންތައްތައް ފަށަން ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި ރިބަން ކަނޑަމުން ދާއިރު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތެއް ނުބާއްވައިގެން އުޅެނީ ކީއްވެގެން ކަމާމެދު ރާއްޖޭގެ އެތައް ހާސް ބައެއްގެ ހިތުގައި ސުއާލު މާކު ޖެހިފައިވެއެވެ.

ކުރެންދޫގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ފިޔަވައި މި ދިވެހިރާއްޖޭގެ ރައްޔިތުން ކައިރީ ތެދު ހަދާ، އަދި އެތެދާ އެއްގޮތަށް އަމަލުކުރާ ބައެއް ނެތް ކަމަށާއި، އެކަން ދިވެހި ރައްޔިތުންނަށް އެނގޭނެކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން ކުރަން ރައްޔިތުންގެ ކައިރީ ބުނެފައި ހުރި ކަންކަން ތަންފީޒުކޮށް، އެކަންކަން ރައްޔިތުންނަށް ކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީ ކޯލިޝަން ސަރުކާރުން ވަކިވަކި ރަށްރަށުގައި މަޝްރޫއުތަކެއް ހިންގިކަމުގައި ވިޔަސް، މުޅި ގައުމަށް ފައިދާވާނެ ފަދަ ބޮޑު ގައުމީ އެއްވެސް މަޝްރޫޢެއް ހިންގާފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައިވެސް ހުޅުއްވައި ދެއްވި ގިނަ ތަންތަނަކީ ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ފައިވާ މަޝްރޫޢުތަކުގައި ގަނޑުއަޅުއްވައިގެން ހުޅުއްވައިދެއްވި ތަންތަނެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް