މާފުށީގައި ވައިކުޑައެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފި

Loading

July 27, 2026
profile
Facebook
Twitter
WhatsApp

ކ. މާފުށީ ކައިރީގައި ފެރަސެއިލިންގ ވައިކުޑައެއް ގަދަ ވައިގައި ޖެހި ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މިއީ އުޅަނދުފަހަރުގައި އަޅުވައިގެން ކުޅިވަރުގެ ގޮތުގައި ދުއްވުމަށް ބޭނުންކުރާ ވައިކުޑައެކެވެ.

އާންމުވެފައިވާ ވީޑިއޯގައި، ވައިކުޑަ ގޮސް މޫދުގައި ޖެހުމުގެ ކުރިން އޭގައި އިން މީހާ ފުންމާލާ މަންޒަރު ފެނެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ފުންމާލި މީހާ ވަނީ އެހިސާބުގައި ޖެޓްސްކީ ދުއްވަން އުޅުނު ބައެއްގެ އެހީއާއެކު ސަލާމަތްވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވައިބާރުވެ، އަދި އުދަ އަރަމުންދާ ދުވަސްވަރަކަށް ވާތީ، ރައްކާތެރިވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް