އައްޑޫސިޓީގައި ހުޅުވި ފުލުސް އެކަޑަމީ އަކީ އިންޑިއާގެ މިލިޓަރީ ބޭހެއް: އުމަރު

Loading

Facebook
Twitter
WhatsApp

 

ފުލުހުންނަށް ތަމްރީން ދޭން ކަމަށްބުނެ އައްޑޫ ސިޓީގައި ހުޅުވި ފުލުސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރާނެ ތަނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ހިލޭ އެހީގެ ދަށުން ތަރައްގީކޮށް ”ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް“ގެ ނަމުގައި ފުލުސް އެކަޑަމީއެއް ހުޅުވީ އިއްޔެއެވެ.  މި އެކަޑަމީ ހުޅުވައިދެއްވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ.

މި އެކަޑަމީ އާއި ގުޅިގެން އިންޑިއާ އައުޓް ކެމްޕޭނަށް ތާއީދު ކުރާ ގިނައަދަދެއް ފަރާތްކެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މި ދަޑިވަޅުގައި އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަން ބޯޑުގައި ކޮންމެ ނަމެއް ލިޔެފައި ވީނަމަވެސް އެތަން ފަރުމާ ކޮށްފައި ވަނީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

”… ބޮޑެތި ބާރު ތަކުން ކުދި ގައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައް ބޭނުން ކޮށްގެންނެވެ. މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާ ދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާ ދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަނދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެކެވެ.“ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދިވެހި ފުލުހުންގެ އެކަޑަމީގައި އިންޑިއާގެ ފުލުހުންނަށް ތަމްރީން ދެވޭ ގޮތަށް އިއްޔެ ސޮއި ކުރި އެއްބަސް ވުމަކީ ވެސް އޭނާގެ ތުހުމަތު ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އެ އެއްބަސްވުމަކީ މެދުކެޑުމެއްނެތި އިންޑިއާގެ ގިނަ އަދަދެއްގެ ފުލުހުން ނުވަތަ ސިފައިން ތަމްރީން ހޯދުމުގެ ނަމުގައި އާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އައްޑޫ އެކަޑަމީގައި ތިބުމަށް މަގުފަހި ކުރުމަށް ހުޅުވި ދޮރެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި އަތްގަދަކުރުމާއި ދެކޮޅަށް ވާހަކަދައްކަވާ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައްވާ އުމަރު ގަބޫލު ކުރައްވާގޮތުގައި ލަސްތަކެއް ނުވެ ފުލުހުންގެ އެކަޑަމީގައި އިންޑިއާ ސިފައިންގެ ހަތިޔާރުތައް ގެންގުޅެން ފަށާނެއެވެ. އަދި މިހާރުވެސް  އިންޑިއާ އިން ރާއްޖޭގައި ބަހައްޓާފައިވާ 10 ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާގެ އުޅަނދުތަކަށް ފާރަލުމާ އެކު އިންޑިއާ ކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމުގައި އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އުމަރު ވިދާޅުވީ ރާއްޖެއަށް އެންމެ ރަގަޅުގޮތަކީ އިންޑިއާ އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި އެއްވެސް ބަޔަކާ ޖެހިނުގަނެ ނިއުޓްރަލް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ކަމަށެވެ.

އައްޑޫ ސިޓީގައި ހުޅުވި ފުލުސް އެކަޑަމީ އަކީ އިންޑިއާ ސިފައިންގެ ބޭހެއްގެ ގޮތުގައި އުމަރު ސިފަ ކުރައްވާފައިވާއިރު އެ އިމާރާތުގައި ލާފައިވަނީ އާންމުކޮށް ރާއްޖޭގެ ފުލުހުންގެ އިމާރާތްތަކުގައި ބޭނުންކުރާ ނޫކުލައިގެ ބަދަލުގައި އިންޑިއާ ސިފައިންގެ އިމާރަތްތަކުގައި އާންމުކޮށް ބޭނުންކުރާ ކުލަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Loading

One Response

  1. އުމަރާ އެދުމެއްނެތި ވެދުމެއް ނުކުރާނެކަމާއި އުމަރު ވިދާޅުވަމުން ގެންދާފދައިން ރާއްޖޭގެ ރަސްމީ ތިޖޫރީ ވީ ތަނެއްވެސް ނޭގޭއިރު އަދި ފުލުހުންވެސް ތަމްރީނު ކުރަންޖެހޭތީ ދެން ހަދާނެ އެހެންގޮތެއްވެސް ރައްޔިތުންނަށް ވިދާޅުވެދެއްވީމާ ދޯ ތިޔަ ދައްކަވާ ވާހަކަފުޅުތަކުގައި އޮއްޓަރެއް ހުރިކަމަށް ބެލެވޭނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް