ސަރބިއާ ދެމެދު ގުޅުން ވަރުގަދަކުރަނީ

Loading

Facebook
Twitter
WhatsApp

 

ދިވެހިރާއްޖެއާއި ޔޫރަޕް ގައުމެއް ކަމަށްވާ ސަރބިއާއާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުއްލާ މައުސޫމް އާއި ސަރބިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރ ޓަޓިޔާނާ މަޓިޗްގެ ދެމެދުގައެވެ.

މިނިސްޓަރު މައުސޫމް ކުރައްވާ މި ދަތުރުފުޅަކީ ޓަޓިޔާނާ މަޓިޗްގެ ދައުވަތަކަށް ސަރބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރަށްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މައުސޫމްގެ އިތުރުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަބްދުއްލާ ނަޝީދާއި، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ނީޝާ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް