‏ އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފި!

އޮމިކްރޮން ވޭރިއަންޓް ހަލުވި ކަމާއެކު އިނގިރޭސި ވިލާތުގައި ފެތުރެމުން ދާތީ އެކަން ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފިއެވެ. އެގޮތުން އެ ޤައުމަށް ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަމަށާއި އަދި އެ ޤައުމަށް އެތެރެވުމާއެކު ވެސް ޕީސީއާރް ޓެސްޓް ހަދާ އޭގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅު ތަކަށް އިތުރު ބަދަލެއް ނައިސް މި އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވެނީ މި […]

މާފުށީ ޕިކްނިކް އައިލެންޑް ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި!

​ކ. މާފުށީ ރައްޔިތުން ޕިކްނިކް ދާން ހާއްސަ ކޮށްފައިވާ، އެ ރަށު ފަޅުތެރޭގައި އޮންނަ ”ހިއްކި ބިން“، އެ ރަށު ކައުންސިލާ ހަވާލު ކޮށްފިއެވެ. ​މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މާފުށީ ކައުންސިލްގެ ފަރާތުން ބިމާ […]

ވެކްސިންގެ 3 ޑޯޒް ޖަހައިގެން އޮމިކްރޯން ވޭރިއެންޓުން ސަލާމަތެއް ނުވެވޭނެ: ބައޮއެންޓެކްގެ ސީއީއޯ

ވެކްސިންގެ ތިން ޑޯޒް ޖެހިކަމުގައިވިޔަސް ކޮރޯނާ ވައިރަސްގެ އޮމިކްރޯން ވޭރިއެންޓުން ސަލާމަތް ނުވާކަމަށް ވެކްސީން އުފައްދާ ކުންފުންޏެއް ކަމަށްވާ ބައޮއެންޓެކްގެ ސީއީއޯ، އުގުރް ސަހިން ވިދާޅު ވެއްޖެއެވެ. ސަހިން ވިދާޅުވެފައިވާ ގޮތުގައި 3 ޑޯޒް ވެކްސިން ޖަހާފައިވާ މީހުންގެ ކިބައިންވެސް ކޯވިޑް-19 ވައިރަސް ފެތުރެއެވެ. ވެކްސިން އުފެއްދި އިރު ވައިރަސް އާ ދެކޮޅަށް %95 އަށް އަސަރު ކުރާ ކަމުގައިވިޔަސް މިހާރުގެ ވޭރިއަންޓްތަކާ ދެކޮޅަށް ފެނިގެން ދަނީ ހަމައެކަނި %70-%75 އަށް ހެއު އަސަރު ކުރަމުން ދާތަން […]

އަންހެނުންނަށް މަޙްރަމަކާ ނުލައި ދިގު ދަތުރުތަކެއް ނުކުރެވޭނެ: ޠާލިބާން

މަޙްރަމަކާ ނުލައި އަންހެނުންނަކަށް ދިގު ދަތުރުތަކެއް ނުކުރެވޭނެ ކަމުގައި ޠާލިބާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ފާއިތުވި އާދިއްތަ ދުވަހު މިނިސްޓްރީ ފޯ ޕްރޮމޯޝަން އޮފް ވާޗިއު އެންޑް ޕްރިވެންޝަން އޮފް ވައިސްއިން ހާމަ ކުރި މި ގަވައިދުގައި، އެކަނި ދަތުރު ކުރާ އަންހެނުންނާއި، ބުރުގާ ނާޅާ އަންހެނުންނަށް ދަތުރުކޮށް ނުދިނުމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކާ ބެހޭ ގިނަ އަދަދެއްގެ ޖަމިއްޔާތަކަކުން ވަނީ ފާޑުކިޔާފައެވެ. މި ގަވައިދު ހާމަ ކޮށްފައި […]

އިނގިރޭސީ ރާނީ އަވަހާރަކޮށްލަން ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އިންޑިއާ މީހަކު މަސައްކަތްކޮށްފި

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު II ގަނޑުވަރު ވިންޑްސޯ ކާސުލްގައި އުޅުއްވަނިކޮށް ހަތިޔާރު ހިފައިގެން ހުރި އިންޑިއާ މީހަކު ގަނޑުވަރަށް ވަންނަން އުޅެނިކޮށް ސަލާމަތީ ބާރުތަކުން އެމީހާ ހުއްޓުވައިފިއެވެ. އެ ވަގުތު ގަނޑުވަރުގައި ދިޔައީ ކްރިމަސްއަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންނެވެ. ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އުޅުނު މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ އިސްބޭފުޅަކު، ހައްޔަރުކޮށްފައި ހުރި މީހާއާ ހަވާލާދީ ވިދާޅުވީ އެއީ އިންޑިއާގެ މީހެއްކަމަށާއި އެމީހާ […]

ހިންދޫގެ ބައްދަލުވުމެއްގައި މުސްލިމުން މެރުމަށް ގޮވާލުމުން ހަމަނުޖެހުން އުފެދިއްޖެ

ފާއިތުވި ހަފުތާގައި އުތުރު އުއްތަރުކާންޑް ސްޓޭޓްގެ ހަރިދްވާރުގައި ބޭއްވި ބައްދަލުވުމެއްގައި ހިންދޫންގެ ސިޔާސީ ވެރިންތަކެއް މުސްލިމުން މަރައި މުސްލިމް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގުމަށް ގޮވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން ހަމަނުޖެހުންތައް ގިނަވެ އިންޑިއާގެ ގިނަ ބަޔަކު އެކަމާމެދު ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ. މިބައްދަލުވުމުގައި ދެކެވިފައިވާ ވާހަކަތަކާ ގުޅިގެން ތަހުގީގު ހިންގަމުން ދާކަމަށް ހުކުރު ދުވަހު އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމަށާއި، މުސްލިމުން […]

ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް ރައީސް ޔާމީނާ ދެކޮޅަށް ވާހަކަފުޅުދެއްކެވިޔަސް މި ޕޮއިންޓް އޮޅުއްވާ ނުލައްވާ!

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟު ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ”ޔޫޓީއެފް އެގްރިމެންޓުގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިއާއާ އެކު ސޮއިކުރެވުނު ”ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕްރޭޝަން.“ ޔޫޓީއެފް އެގްރިމެންޓުގައި ތިޔަބޭފުޅުންގެ ސަރުކާރުގެ ދައުރެއްވެސް އެބަ އޮތްކަން ވަރަށް ސާފު. ކޮންމެ ކަމެއްގަ އޮޅުވާލަން ނޫޅުއްވާ!“ ޢަބްދުﷲ ރިޔާޒުގެ ވާހަކަފުޅަށް ޖަވާބު ދެއްވި މަރިޔަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. ”އެކްޝަން ޕްލޭނެއްގެ […]

ކޮންމެ ވެރިކަމެއް ނިންމާލަނީ ގައުމު ބަނގުރޫޓް ކޮށްލާފައި

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ތަރިކަ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ދޭނޭފަރާތެއް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއެވެ. މިގޮތުން އިންތިޚާބު ކުރާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުން ޙަވާލުކުރާ ވެރިކަން އަމާނާތް ތެރިކަމާއެކު އަދާކުރުން މަތީގައި ދެމިހުރުމަށް ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ހުވާ ކުރައްވައެވެ.      މި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެވެނީ ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށެވެ. އެހެން […]

މަހުމޫދު މަރާލިކަމަށް އެއްބަސްވި ސާލިމްގެ ޝަރީއަތް މިއަދު ފަށަނީ

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ތުޙުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް)ގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލު ކޮށްފިއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަހުމޫދުގެ ހަށިގަނޑު ފެނުނީ، ފަޔަށާއި ބޮލަށް ގޯންޏެއް މެހުމަށްފަހު ބޯކޮޅު ވަތަށް ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ވައްޓާލައިފައި އޮއްވައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ސާލިމް އެކަންޏެވެ. ސާލިމްއަކީ ދަނގެތީ ”ނެދުންގޭ“ ގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު […]

ރައީސް ޔާމިނަށް ފާޑުކިޔަމުން ”އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް އަދާލަތުން ތެދުވެއްޖެ

    އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމިން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް “ އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް މި ސަރުކާރުގެ ކޯލިޝަން ހިމެނޭ އަދާލަތުޕާޓީން ތެދުވެއްޖެ އެވެ. އިދިކޮޅުން މުޅި ރާއްޖޭގައި އިންޑިއާ އައުޓް ކެމްޕޭން ވަރަށް ވަރުގަދަކޮށްފައިވާއިރު އަދާލަތު ޕާޓީން  ވަނީ މި ކެޕްޕޭނަކީ ރައީސް ޔާމިން ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމަށް ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ސިފަކުރައްވާ ބަޔާނެއް ނެރެފައެވެ. ”ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން […]