އަންހެނުންނަށް މަޙްރަމަކާ ނުލައި ދިގު ދަތުރުތަކެއް ނުކުރެވޭނެ: ޠާލިބާން

Loading

Facebook
Twitter
WhatsApp

މަޙްރަމަކާ ނުލައި އަންހެނުންނަކަށް ދިގު ދަތުރުތަކެއް ނުކުރެވޭނެ ކަމުގައި ޠާލިބާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފާއިތުވި އާދިއްތަ ދުވަހު މިނިސްޓްރީ ފޯ ޕްރޮމޯޝަން އޮފް ވާޗިއު އެންޑް ޕްރިވެންޝަން އޮފް ވައިސްއިން ހާމަ ކުރި މި ގަވައިދުގައި، އެކަނި ދަތުރު ކުރާ އަންހެނުންނާއި، ބުރުގާ ނާޅާ އަންހެނުންނަށް ދަތުރުކޮށް ނުދިނުމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކާ ބެހޭ ގިނަ އަދަދެއްގެ ޖަމިއްޔާތަކަކުން ވަނީ ފާޑުކިޔާފައެވެ.

މި ގަވައިދު ހާމަ ކޮށްފައި ވަނީ ޠާލިބާނުން އަންހެނުން ވަޒީފާއަށް ނިކުތުމަށް ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޠާލިބާން ވެރިކަމަށް އައުމާއެކު ގިނަ އަންހެން ދަރިވަރުންވަނީ ސެކަންޑަރީ ތައުލީމުން ވެސް މަޙުރޫމު ވެފައެވެ.

އޯގަސްޓް މަހު އެމެރިކާގެ ސިފައިން ކުއްލި ގޮތަކަށް އަފްޣާނިސްތާނުން ފޭބުމާއެކު އެގައުމުގެ ކުރީ ސަރުކާރު ވެއްޓި އޯގަސްޓް 15ގައި ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަމަށް އައިސްފައެވެ. ޠާލިބާނުން ވެރިކަމަށް އައުމާ ގުޅިގެން އެހެން ގައުމުތަކުން ލިބެމުން އައި އެހީތައް ވެސްވަނީ ހުއްޓިފައެވެ. މި އެހީތައް އަލުން ހޯދުމަށްޓަކައި ޠާލިބާނުން ވަނީ މެދުމިނުގެ އުސޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.

”އުޅަނދު ދުއްވާ ފަރާތްތަކުން މަޙްރަމަކާ ނުލައި 72 ކިލޯމީޓަރަށްވުރެ ދިގު ދަތުރު ކުރާ އަންހެނުންނަށް ދަތުރު ކޮށްދީގެން ނުވާނެ.“ މިނިސްޓްރީގެ ސްޕޯކްސްޕާސަން ޞާދިޤް އަކިފް މުހާޖިރް ވިދާޅުވިއެވެ.

ޠާލިބާނުން ނެރެފައިވާ ގަވައިދު ތަކުގައިވާ ގޮތުން ދުއްވާ އުޅަނދު ތަކުގައި މިއުޒިކް ނުޖެހުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ހަފްތާތަކެއް ކުރިން ޠާލިބާނުން ވަނީ އަންހެން އެކްޓަރުން އުޅޭ ޑްރާމާ ތަކާއި ސޯޕް އޮޕެރާތައް ނުދެއްކުމަށް އަންގާފައެވެ. އަދި އަންހެން ނޫސް ރިޕޯޓަރުން ރިޕޯޓް ހުށައަޅާ ގަޑީގައި ބުރުގާ އެޅުމަށްވެސް އެމީހުން ވަނީ އިލްތިމާޒު ކޮށްފައެވެ.

ޠާލިބާނުން ބުރުގާ މާނަ ކުރަނީ މޫނު ބުރުގާތޯ ނުވަތަ އާދައިގެ ބުރުގާތޯ އަދިވެސް ޔަޤީން ކުރެވިފައެއް ނުވެއެވެ. ޠާލިބާނުން ވެރިކަމަށް އައުމުގެ ކުރިންވެސް އަފަޢާނިސްތާނުގެ ގިނަ އަންހެނުން ބުރުގާ އަޅައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް