މަހުމޫދު މަރާލިކަމަށް އެއްބަސްވި ސާލިމްގެ ޝަރީއަތް މިއަދު ފަށަނީ

Loading

Facebook
Twitter
WhatsApp

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ތުޙުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް)ގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލު ކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަހުމޫދުގެ ހަށިގަނޑު ފެނުނީ، ފަޔަށާއި ބޮލަށް ގޯންޏެއް މެހުމަށްފަހު ބޯކޮޅު ވަތަށް ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ވައްޓާލައިފައި އޮއްވައެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ސާލިމް އެކަންޏެވެ. ސާލިމްއަކީ ދަނގެތީ ”ނެދުންގޭ“ ގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުރި ބިދޭސީއެކެވެ.

ދައުލަތުން މަހުމޫދުގެ މައްޗަށް އުފުލާފައިވަނީ، ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު 10:30ގައި ފެށުމަށް ތާވަލްކޮށްފައިވާއިރު, އެ މައްސަލަ ބައްލަވާނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، ސާލިމް މަހުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށާއި

މަހުމޫދުގެ ގައިގެ އެތަން މިތަނަށް ސާލިމް ވަނީ ވަޅި ހަރާފައި ކަމަށެވެ.

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް