އިނގިރޭސީ ރާނީ އަވަހާރަކޮށްލަން ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އިންޑިއާ މީހަކު މަސައްކަތްކޮށްފި

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު II ގަނޑުވަރު ވިންޑްސޯ ކާސުލްގައި އުޅުއްވަނިކޮށް ހަތިޔާރު ހިފައިގެން ހުރި އިންޑިއާ މީހަކު ގަނޑުވަރަށް ވަންނަން އުޅެނިކޮށް ސަލާމަތީ ބާރުތަކުން އެމީހާ ހުއްޓުވައިފިއެވެ. އެ ވަގުތު ގަނޑުވަރުގައި ދިޔައީ ކްރިމަސްއަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންނެވެ.

ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އުޅުނު މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އިސްބޭފުޅަކު، ހައްޔަރުކޮށްފައި ހުރި މީހާއާ ހަވާލާދީ ވިދާޅުވީ އެއީ އިންޑިއާގެ މީހެއްކަމަށާއި އެމީހާ އަކީ ސިކެއްކަމަށެވެ.

ހައްޔަރުކޮށްފައި ހުރި އިންޑިއާގެ ސިކުންގެ މީހާ ބުނިގޮތުގައި އޭނާ ޝާހީ ގަނޑުވަރަށް ވަންނަން އުޅުނީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރު، 1919ގައި އިނގިރޭސީން ސިކުންނާ ދެކޮޅަށް ހިންގި ގަތުލު އާންމެއްގެ ބަދަލު ހިފުމަށެވެ. ރާނީ އަވަހާރަކޮށްލުމަށެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީ އަވަހާރަކޮށްލާފައި ވަނީ ސިކުންގެ މުގައްދަސް ފައްޅިއެއްކަމުގައިވާ ގޯލްޑަން ޓެމްޕަލްގައި ސަރުކާރުން ހިންގި އަނިޔާވެރި އަމަލުތަކުގެ ބަދަލު ހިފުމަށް ދިން ހަމަލާއެއްގައެވެ.

އިނގިރޭސިވިލާތަކީ ގިނައަދަދެއްގެ ސިކުން ދިރިއުޅެމުންދާ ގައުމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް