ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް ރައީސް ޔާމީނާ ދެކޮޅަށް ވާހަކަފުޅުދެއްކެވިޔަސް މި ޕޮއިންޓް އޮޅުއްވާ ނުލައްވާ!

Loading

Facebook
Twitter
WhatsApp

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟު ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

”ޔޫޓީއެފް އެގްރިމެންޓުގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިއާއާ އެކު ސޮއިކުރެވުނު ”ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕްރޭޝަން.“ ޔޫޓީއެފް އެގްރިމެންޓުގައި ތިޔަބޭފުޅުންގެ ސަރުކާރުގެ ދައުރެއްވެސް އެބަ އޮތްކަން ވަރަށް ސާފު. ކޮންމެ ކަމެއްގަ އޮޅުވާލަން ނޫޅުއްވާ!“

ޢަބްދުﷲ ރިޔާޒުގެ ވާހަކަފުޅަށް ޖަވާބު ދެއްވި މަރިޔަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

”އެކްޝަން ޕްލޭނެއްގެ ދަށުން ދެ ގައުމަކުން ޑިފެންސް އެއްބަސްވުން ހެދުމުގެ މާނައަކީ އިންޑިއާގެ ޢަސްކަރިއްޔާ މިތާގައި ބޭތިއްބުމެއްނޫން. ލިޔުންތައް އެހެރީ ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީގައި. އެކްޝަން ޕްލޭންއަކު ނެތް މިލިޓްރީ 15 އަހަރަށް 20 އަހަރަށް ބައިތިއްބަން ޖެހޭ ކަމަށް. މި ޕޮއިންޓް އޮޅުއްވާ ނުލައްވާ.“

ޢަބްދުﷲ ރިޔާޒު މަސައްކަތްކުރައްވާފައި ވަނީ އުތުރު ތިލަފަޅުގެ މައްސަލާގައި ޔާމީނުގެ ސަރުކާރުގެ އަތެއް އޮތްކަމަށް ދައްކަވާށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުގައި ޔާމީނުގެ ދައުރެއް އޮތްކަމަށް ދެއްކެވުމަށެވެ.

ބައެއް މީހުން ޢަބްދުﷲ ރިޔާޟު ސިފަ ކުރަނީ ރައީސް ޔާމީނާ ދެކޮޅަށް ”ހަނގުރާމަ“ ކުރައްވާ ”ހަނގުރާމަވެރިއެއް“ގެ ގޮތުގައެވެ. އޭނާ ކުރައްވާ ޓްވީޓުތަކާއި ދައްކަވާ ވާހަކަތަކުގައި އަބަދުވެސް ހުންނަނީ ދެކޮޅުވެރިކަމުގެ އަސަރުތަކެވެ. ޔާމީނާ ދެކޮޅު ޝުޢޫރުތަކެވެ. އެކަމާ ގުޅިގެން މެމްބަރ ޢަބްދުﷲ ރިޔާޟަށް ރައީސް ޔާމީނަށް ތާއީދު ކުރާމީހުންގެ ރައްދު ހަމަލާ ވަރަށް ގިނަ ފަހަރަށް އަމާޒުވެއެވެ.

ޢަބްދުﷲ ރިޔާޟު އެ ޕާޓީއެއްގެ ނައިބު ރައީސްކަން ކުރައްވަމުންގެންދަވާ އެމްއެންޕީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ”އިންޑިއާ އައުޓު“ ހަރަކާތާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުން މިނިވަންވީ ތަހުގީގާއި ޕްރެސެކިއުޝަންގައި ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ވިދާޅުވެފައެވެ.

ޢަބްދުﷲ ރިޔާޟު ވިދާޅުވި ވާހަކައަކީ ތެދަކަށް ވެސް ވެދާނެއެވެ. ދޮގަކަށްވެސް ވެދާނެއެވެ. ނަމަވެސް އެ ވާހަކައަކީ ކޮންމެހެން ޢަބްދުﷲ ރިޔާޟު ވިދާޅުވާން ޖެހޭ ވާހަކައެއް ބާވައެވެ! ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތްޕުޅުގައި ރައީސް ޔާމީނާ މެދު އުފެދިފައިވާ ދެކޮޅުވެރި ޝުޢޫރުގެ ސަބަބުން އެކަން ފާޅުކުރެއްވުނީ އެވެ. ސްޕްރީމް ކޯޓުގެ ޢިލްމުވެރި ފަނޑިޔާރުންގެ އިއްތިފާގުން ނިޔާއިއްވާފައިވަނިކޮށެވެ. ނަތީޖާއަކަށްވީ ގިނަ ބައެއްގެ ފާޑުކިއުން ޢަބްދުﷲ ރިޔާޟަށް އަމާޒުވުމެވެ.

ޢަބްދުﷲ ރިޔާޒުގެ ޓްވީޓަށް ޖަވާބުދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އެންމެ އިސްވަކީލަކަށް ހުންނެވި ކުރީގެ ޖަސްޓިސް މިނިސްޓަރ އަދި ކުރީގެ ނާއިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވިއެވެ. ”ޢިއްޒަތްތެރި މެމްބަރ! ސްޕްރިމް ކޯޓުގެ ޙުކުމަކީ ނިހާއީ އެއްޗެއް. އެ ވާހަކަ އޮޅުވާ ނުލައްވާ. އަމުދުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މި ވަރު ފަހުމު ވާންވާނެ.“

ޖިނާޢީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ އޮޅިގަނޑެއް އޮވޭ: ޑރ. ޖަމީލު

ޑރ. ޖަމީލް ކުރެއްވި އެހެން ޓްވީޓެއްގައި ވެއެވެ. ”ސްޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަލް ގޯހަކުން ނިމޭ ކަމެއްނޫން. ޖިނާޢީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ އޮޅިގަނޑެއް އޮވޭ. މަޢުޞޫމްކަން ޘާބިތުވުމުން އެ މީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު. ސިޔާސީ ގޮތުން ރ. ޔާމީނާއި ފައިހަމަ ނުކުރެވޭނެކަން ހަޖަމު ކުރަންޖެހޭ.“

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ ހަރަކާތަކީ ވެސް ޢަބްދުﷲ ރިޔާޒު ވަރަށް ދެކޮޅު ހަރަކާތެކެވެ. ރިޔާޒްގެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި އެ ހަރަކާތާ ބެހޭ ގޮތުންނާއި އެމްއެމްޕީއާރުސީގެ ވައްކަމާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

”އެމްއެމްޕީއާރްސީގެ ވައްކަމަކީ ނުހިނގާ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. ދައުލަތުން ރައްޔިތުންގެ ވަރަށް ގިނަ ފައިސާތަކެއް ގެއްލިފަ މިވަނީ. އަދި ރައީސް ޔާމީން މިނިވަންވެޑައިގަތަސް އޭރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ. އެހެންވީމަ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ. ރައްޔިތުންނަށް އެނގެންޖެހޭނެ ކަންކަން އޮތް ގޮތް. އެހެންވީމަ މިކަންކަން ފޮރުވުމަށްޓަކައި މި ވާހަކަ އޮއްބާލުމަށްޓަކައި އެހެން ގައުމުތަކާ ޖައްސާލައިގެން ގައުމުގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަންމީ.“

ތެދެކެކެވެ. އެމްއެމްޕީއާރްސީގެ ވައްކަމަކީ ނުހިނގާ ކަމެއް ނޫނެވެ. އެމްއެމްޕީއާރުސީގެ ވަގުފައިސާ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ވެރިންނާއި ފަނޑިޔާރުންނާއި އެނޫން ވެސް އެތައް ސަތޭކަ ބައެއްގެ އެކައުންޓަށް ވަނީ ވަދެފައެވެ. އެ މައްސަލަތައް ވަނީ ނުބެލި ގަނޑުވެފައެވެ. އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ހިންގުނު ޝަރީޢަތުން ސާބިތުވީ އެމަނިކުފާނަކީ އެ މައްސަލައިގައި ކުށެއް ނެތް މައުސޫމް ބޭފުޅެއްކަމެވެ.

ރައީސް ޔާމީނަކީ މިހާރު ހިތްތަކުގެ ރައީސް: ދިމާކުރާނެކަމެއް ނެތް

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތާ ގުޅިގެން ރ. ފުއްގިރި ދޫކޮށް ލިބުނު ފައިސާ ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައަކާއި ވ. އާރަށް ދޫކޮށް ލިބުނު ފައިސާ ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާތަކެއް ވަނީ އުފުލާފައެވެ.

ރައީސް ޔާމީނަށް ތަރުހީބުދޭ މީހުން ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަން ވެރިކަން ދެމިއޮތްހާ ދުވަހަކު ރައީސް ޔާމީނު ކޮންމެވެސް ކޯޓަކަށް ދަމާ ގެންދާނެއެވެ.

ޢަބްދުﷲ ރިޔާޟަކީ މަޖިލީހުގެ މެމްބަރަކަށް ވިޔަސް އޭނާ ދައްކަވާ ވާހަކަތަކާއި ކަންތައް ކުރައްވާ ގޮތުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ރިޔާޟަށް ފާޑުކިޔައި ކިޔުންތެރިޔަކު ލިއެފައިވެއެވެ. ”ތިހާވަރަށް ރައީސް (ޔާމީން) އަށް އަޅައިގަނެގެން ނޫޅެބަލަ. ރައްޔިތުންނަށް މިޤައުމުގެ ކަންކަން ދާގޮތުން އިތުރަށް އެމަނިކުފާނު ދެކެ ލޯބިވުން ނޫން ކަމެއް ނުވާނެ. އެއީ މިހާރު ހިތްތަކުގެ ރައީސަކީ.“ އެހެން ކިއުންތެރިއަކު ބުނެފައިވެއެވެ.

”މީބޮޑާ ކިބުރުވެރިއެއް. ކޮބައިތަ ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް؟ މިހާރު އެވާހަކަ ނުގޮވަނީ ކީއްވެބާ. ޕޯޑިއަމެއް އަތުޖެހޭއިރަށް އެވާހަކަ ގޮވާ ހަނދާން ނެތުނީކަންނޭގޭ.“

އެހެން ކިއުންތެރިއަކު ބުނެފައިވެއެވެ. ”ރައީސް ޔާމީނަށް ރައީސްކަން ލިބިވަޑައިގަތުމުން މީނަ ހީކޮށްގެން ހުރީ މީނައަށް ދެއްވާނީ ހޯމް މިނިސްޓަރުކަމޭ. އެކަން ނުވީމާ އެދުވަހުއްސުރެ ރައީސް ޔާމީންދެކެ މާ ގަދަ ރުޅިއެއްއައިސްފަ ޙަސަދަ ލައިގެން މިއުޅެނީ. މީނަ މީ ކާކުތަ ރައީސް ޔާމީނާ އަޅައިގަނެގެން އުޅެން. ބޮޑު ކަނޑުކޮހެއް.“

ޢަބްދުﷲ ރިޔާޟު ހަމަލާ ދެއްވިޔަސް ރައީސް ޔާމީނު ފެންނަނީ ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ. އިންޑިއާގެ އަޅުވެތި ވަކިތަކުން ގައުމު ސަލާމަތް ކުރައްވަން މަސައްކަތް ކުރައްވާ ”އިންޑިއާ މިލްޓްރީ އައުޓް“އޭ ވިދާޅުވާ ގައުމީ ބަޠަލެއްގެ ގޮތުގައެވެ.

 

Loading

3 Responses

  1. ތިމާޔަށް ތިމާ ފެނިއްޖެ ކޮންމެ ބޭފުޅަކުވެސް އެއްވެސް ޝައްކެއް ނެއް މިންވަރަށް އެބޭފުޅަކީ އެހުރީ މަގުން ކައްސާލާފަ ޢަބްދުﷲ ރިޔާޒަށް ވެސް އެހުރީ އެމުޞީބާތް ޖެހިފަ

  2. ޢަބުދުﷲ ރިޔާޒަކީ މައުމޫނު ސަރުކާރުގެ އެއް ޖައްލާދު. މީހުން ކުށެއްނެތި ބަންދުކުރުމާއި އަނިޔާދިނުމުގެ މޭސްތިރި އަދި ބައިވެރިއެއް. މިސަރުކާރުގެ ވެންޓިލޭޓަރު ވައްކަމުންވެސް އަދި އެހެން ބައެއްޑީލްތަކުންވެސް މިހާރުވެސް ބައިއެޅޭ ބައެއް ކާނަލް ނާޒިމް އާއި ރިޔާޒް ތިއީ. އެޕާޓީއާއި ގުޅުނީމާ ސަރުކާރުގެ ކުންފުނިތަކުންވެސް ވަޒީފާ ލިބޭ. ވީމޭ މީނާ ދައްކާވާހަކަޔަކަށް ނަށާނެ ދިވެހިންނެއް ނެތް. ވެރިކަމަށް އާދެވޭތޯ އެޖަހާ މަރުފަލީގައި ސޮރީއޭ ދެންނެވޭނީ. ނޯނޯނޯ

  3. ސަންދާނުގެ މީހުނަށް 7 މަސްދުވަހު ދޫނިދޫ ކުޑަގޮޅީގައި ބަންދުކޮށްގެން އަނިޔާދީ އެމީހުންނާއި އެމީހުންގެ ދަރިންގެ މުސްތަގުބަލް ހަލާކޮށްލައިގެން އޭރުގެ ރައީސް މައުމޫނު އަތުން ޑަބްލް ޕްރޮމީޝަން ހޯދި ޖައްލާދު މޭސްރިއަކީވެސ ތިޔަ ރަޔާޒް ނޫންތޯއެވެ. މިއަދު ޢަދުލް އިންސާފޭ ޑިމޮކްރެސީއޭ ކިޔާފަ ބެރުޖެހީމާ ނަށާނެ މީހުންކޮޅެއް ލިބުނަށް އަސްލަށް ބަލާލަމާތޯއެވެ. ވަރިކަމުގެބާރެއް ލިބިއްޖެނަމަ މައުމޫނަށްވުރެވެސް އަނިޔާވެރި ކަރަޕްޓް ބަޔަކަށް ތިވެރިން ވާނެއެވެ. ގައިގެ ޑީއެންއޭ ބަދަލުކުރުން މާފަސޭހައެއް ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް