ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގުމަށް އިސްލާހު ހުށައަޅައިފި

ކައިވެނީގެ ހަދިޔާ އިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަލެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު އެވެ. ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ […]
ގާޑިއާއެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ދުއްވަންއިންމީހާ ނުލިފާކަމަށް ބުނެފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ގާޑިޔަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާ ބުނީ އޭނާ ފިލައިގެން ނޫޅޭކަމަށެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއީލް ޔަޒްދާނަށް ވަނީ ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ. ގަލޮޅު، ހުވަފެނީ ގޯޅީގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ގާޑިއަލެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓް ވި އިރު ސައިކަލް ދުއްވަން އިނީ އަހްމަދު އާތިފް އަބްދުﷲ […]
ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ފާސްކޮށްފި

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފި އެވެ. ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީޑަރު އަލީ އާޒިމް އެވެ. ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަކަށް ނުވާކަމަށެވެ. އަދި ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ […]
އަންހެނަކު ލޯންޗެއްގެ ތެރޭ ވިހައިފި

ހދ ހަނިމާދޫ ސިއްހީ މަރުކަޒުން އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވާލި އުމުރުން 43 އަހަރުގެ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ. މައުލޫމާތު ލިބުނު ގޮތުގައި އެ އަންހެންމީހާ ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮތްވަ ކަމަށް ވެއެވެ. އޭރު އޭރު ކުޅުދުއްފުށީ ބަނދަރު މަތީގައި އެމްބިއުލާސް ތައްޔާރަށް އޮތްކަމަށް ވެއެވެ. ނަމަވެސް ލޯންޗް ބަނދަރު ކުރުމުގެ ކުރިން އަންހެން މީހާ ވަނީ ވިހާފައެވެ. މިއަދު ގާތްގަނޑަކަށް ހަތެއް ޖެހިއިރު ހިނގި މިހާދިސާގައި އަންހެން މީހާ ވިހެއިރު […]
މަޖިލިސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށެވެ. ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް ކުރި މީހެކެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނެ ކޮމެންޓެއް ކޮށްފައިވެއެވެ. ލައިވްކުރި […]
މަރުވެ ކުނިވެފަ އޮތް މީހަކު ފެނިއްޖެ

މަރުވެ ކުނިވެފައިވަނިކޮށް މީހެއްގެ ހަށިގަނޑު މާލޭ ގެއަކުން ފެނިއްޖެއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި އަންހެނެއްކަމަށާ މި މައްސަލައިގެ ރިޕޯޓް ފުލުހަށް ކޮށްފައިވަނީ ރޭ 2:33 ގައި ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ގަލޮޅުގެ ގެއަކުން ކުނިވަސް ދުވާތީ ބެލި ބެލުމުން މަރުވެ ގިނަ ދުވަސް ވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރަހީނުކޮށްގެން އަނިޔާކުރުރި މައްސައްލައިގައި ހައްޔަރު ކުރި މީހުން ބަންދަށް 15 ދުވަސް

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ޖަހާފައި ވަނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ […]
ކޯވިޑް19ގައި 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ!

ރާއްޖޭގައި ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް 18 އަހަރުން ދަށުގެ ކުއްޖަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގަައި ނިޔާވެފައިވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. މި ކުއްޖާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ކުއްޖެކެވެ. އެ އަންްހެން ކުއްޖާ ނިޔާވެފައިވަނީ ފަރުވާދެމުން ދަނިކޮށް މިރޭ 12:10 ގައެވެ. މިއީ ރާއްޖެއިން ކޮވިޑް-19ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން 18 އަހަރުން ދަށުގެ ކުއްޖަކު ކޮވިޑް-19ގައި ނިޔާވެފައެއް ނުވެއެވެ. މި މަރާއެކު ކޮވިޑް-19ގައި […]
ބަންގީގެ އަޑު މަޑުކުރުމުގެ ދިފާއުގައި ސައުދީ އަރަބިޔާގެ އިސްލާމިކް މިނސްޓަރ ވާހަކަފުޅުދައްކަވައިފި

ސައުދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީން ދާދިފަހުން ވަނީ މިސްކިތްތަކުގެ ސްޕީކަރުގެ އަޑުގެ ބާރުމިން ވަކި ހަމައެއްގައި ހިފަހައްޓަން ޖެހޭނެކަމަށް އަމުރުކޮށްފައެވެ. މިގޮތުން ކޮންމެ މިސްކިތެއްގެވެސް ސްޕީކަރުގެ އަޑު ހުންނަން ޖެހޭނީ މެކްސިމަމް ވޮލިއުމްގެ ތިންބައި ކުޅަ އެއްބައިގައި ކަމަށް ވެސް މި އަމުރުގެ ދަށުން ބުނެފައިވެއެވެ. މިސްކިތްތަކުގެ ސްޕީކަރުގެ އަޑު ކޮންޓްރޯލްކުރުމުގެ ގަވައިދާއި ގުޅިގެން ސައުދީގެ ސްޓޭޓް ޓެލެވިޒަންގައި ވާހަކަފުޅުދައްކަވަމުން އަލް ޝެއިޚް ވަނީ ނަމާދުކުރަން ބޭނުންވާ މީހެއްނަމަ ކޮންމެހެން ބަންގިގޮވަންދެން މަޑުކޮށްގެން ހުންނަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. […]
އެމެރިކާގައި އިޒްރޭލުގެ އަގު ވެއްޓި ފަލަސްތީނަށް ތާއީދުކުރާ މީހުން ގިނަވެއްޖެ

މިދިޔަ މޭ މަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ގެތަކަށް ބޮން އަޅައި ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދައްކައި އަނިޔާދެމުންދިޔަ ތަން މުޅި ދުނިޔޭގެ އެންމެން ވެސް ވަނީ ދެކެފައެވެ. މީސް މީޑިޔާގެ ޒަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންގެ ރުއިމުގެ އަޑުތައް އަހަރުމެން އެންމެންގެ ކަންފަތްތަކަށް އިވުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔެއްގެ ލޯތައް ހުޅުވިގެން ދިޔައެވެ. ފާއިތުވި ގަރުނުގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުން ދިޔަ ވޭނާއި ހިތާމަ ކޮންމެވެސްވަރަކަށް އިހުސާސް ކުރެވެން ފެށިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ […]
