ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގުމަށް އިސްލާހު ހުށައަޅައިފި

276

 

ކައިވެނީގެ ހަދިޔާ އިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަލެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު އެވެ.
ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ.

އަދި މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެއްކުން އިސްތިސްނާވެގެންވެއެވެ.  ނަމަވެސް ގާނޫނަށް ގެންނަން ހުށަހަޅާފައި މިވާ އިސްލާހުގައި ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގިދާނެ އުސޫލެއް ބަޔާންކޮށްފައި ވެއެވެ.

އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ އެވެ.

އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ އެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ