ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފި އެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީޑަރު އަލީ އާޒިމް އެވެ.

ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަކަށް ނުވާކަމަށެވެ.

އަދި ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ހިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހުމުގެސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ނިންމެވީކަމަށްވެސް ބިލުގައިވެއެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970 ވަނަ އަހަރުން ފެށިގެން އެކިއެކި ލިޔުންތަކުގައި އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުންނެވެ.
ރެވެނިޔު ސްޓެމްޕުން ދައުލަތަށް ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 3.9 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި މިއަހަރުވެސް 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ރެވެނިއު ސްޓޭމްޕު ޕްރިންޓްކުރުމަށް 547228 ރުފިޔާ ހަރަދުވިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން އުވާލުމަށް ބިލު ހުށައަޅުއްވާ ކޮމިޓީން ފާސްކޮށްފައިވާއިރު، މިވަގުތު ރާއްޖޭގައި ޕްރިންޓްކޮށްފައިހުރި 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10000 ރުފިޔާގެ ސްޓެމްޕާއި ހަމައަށް އެކި އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގާތްގަނޑަކަށް 460000 ސްޓޭމްޕް ސްޓޮކްގައި އެބަހުއްޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް