ލާދީނީ މީހުންނަށް ލާދީނީއޭ ނުކިޔައި ކިޔަންވީ ކީކޭ؟

”ކަލެއަކީ ކޮން ދީނެއްގެ މީހެއް؟“ މަޝްހޫރު ހިންދީ ފިލްމީ ތަރި ސަލްމާން ޚާނާ މީހަކު ސުއާލު ކުރިއެވެ. ”އަޅުގަނޑަކީ މުސްލިމެއް.“ ސަލްމާން ޖަވާބުދިނެވެ. ”ކަލޭ ބަނގުރާ ބޮއި ހަދަންތަ؟“ ”އާދެ!“ ސަލްމާން ބުންޏެވެ. ”އަޅުގަނޑަކީ ރާބޯ މުސްލިމެއް.“ ”މުސްލިމަކަށް ހުރެ ކަލޭ ރާބޮނީ ކީއްވެ؟“ ”ރާބުޔަސް ކާފަރަކަށް ނުވާނެ. ރާބުޔަސް ދީނެއް ނުގެއްލޭނެ. ރާބުއިމުން ބުއްދި ފިލައިގެންދޭ. ބުއްދި ސަލާމަތުން ނުހުންނަ މީހަކު ކުރާ ކުށަކަށް ގާނޫނުގައި އަދަބު ކަނޑައެޅިފައެއްނުވޭ.“ ސަލްމާން ބުނީ ތެދު ވާހަކައެކެވެ. ރާބުޔަސް […]
ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަން މުއްދަތެއް ދީފި

ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވެފައިވާ ބައެއް ދަތިތަކާހުރެ ބައެއް ކައުސިލަރުންނަށް ރަށަށް ދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ބައެއް ރަށްތައް ބަންދުކޮށްފައި ވުމާއި އަދި ބައެއް ކައުންސިލަރުން ކޮވިޑަށް ޕްޒިޓިވް ވުންފަދަ ކަންތައް ހިމެނެއެވެ. އެލްޖީއޭ އިން ބުނީ […]
ރާއްޖޭގައި ފުށް އުފެއްދުމަށް މަސައްކަތް ކުރަންފަށައިފި

ރޯ ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. އެސްޓީއޯ އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ގޮދަން ގެނެސް ފުށްތައްޔާރުކުރަން އެ ކުންފުނިން ވިސްނަނީ ފުޑް ސެކިއުރިޓީ ބޮޑުކުރަންކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. ރާއްޖޭގައި […]
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ހުށަހަޅައިފި

އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގައި އިއްޔެ ވަނީ އިއްވައިފަ އެވެ. ހިސާން ވިދާޅުވީ މި ބިލުގެ ބޭނުމަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަޑައެޅުން ކަމަށެވެ. މި ބިލުގައި ވާގޮތުން އެގޮތުން އާންމު ތަނެއްގައި ވަކި […]
އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ހިއްސާގެ ފައިދާ ބަހަން ފާސްކޮށްފައިމިވަނީ އޮންލައިންކޮށް އެކުންފުނިން އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފައިދާއިން […]
