އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ހިއްސާގެ ފައިދާ ބަހަން ފާސްކޮށްފައިމިވަނީ އޮންލައިންކޮށް އެކުންފުނިން އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ނިންމިއިރު، އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ރުފިޔާގެ އިތުރު ވުމެކެވެ.

އަހަރީ އާއްމު ޖަލްސާއަށް 941،842 ހިއްސާ ތަމްސީލް ކުރާ 682 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ. އަދި ހިއްސާދާރުންގެ 83.5 ޕަސެންޓް ހާޒިރުވެފައި ވެއެވެ.

ހިއްސާގެ ފައިދާ ބަހަން ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރުން ކަނޑައެޅުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިހާބުކޮށްފައިވަނީ އާމިނަތު ރުޝްމާ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަދި މިދިޔަ އަހަރު ވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކޮށްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރު އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސްކޫޕާސް ކަނޑައަޅަންވެސް ޖަލްސާ ގައި ވަނީ ފާސްކޮށްފަ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 302 މިލިއަން ރުފިޔާގަ އެވެ. އަދި މި އަދަދު މިދިޔަ އަހަރު ހުރީ 248 މިލިއަން ރުފިޔާގަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް