ރާއްޖޭގައި ފުށް އުފެއްދުމަށް މަސައްކަތް ކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

ރޯ ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ގޮދަން ގެނެސް ފުށްތައްޔާރުކުރަން އެ ކުންފުނިން ވިސްނަނީ ފުޑް ސެކިއުރިޓީ ބޮޑުކުރަންކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ.

ރާއްޖޭގައި ފުށް އުފެއްދުމުން މިހާރަށް ވުރެ ބޮޑަށް ކާނާގެ ޔަގީންކަން ލިބިގެންދާނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުވެ މުދާއެތެރެކުރަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެސްޓީއޯއިން އަންނަނީ ދިވެންހިންނަށް ދަތި ނުވާވަރަށް ކާޑުގެ ބާވަތްތައް އެތެރެ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް