ލާދީނީ މީހުންނަށް ލާދީނީއޭ ނުކިޔައި ކިޔަންވީ ކީކޭ؟

Loading

Facebook
Twitter
WhatsApp

”ކަލެއަކީ ކޮން ދީނެއްގެ މީހެއް؟“ މަޝްހޫރު ހިންދީ ފިލްމީ ތަރި ސަލްމާން ޚާނާ މީހަކު ސުއާލު ކުރިއެވެ.

”އަޅުގަނޑަކީ މުސްލިމެއް.“ ސަލްމާން ޖަވާބުދިނެވެ.

”ކަލޭ ބަނގުރާ ބޮއި ހަދަންތަ؟“

”އާދެ!“ ސަލްމާން ބުންޏެވެ. ”އަޅުގަނޑަކީ ރާބޯ މުސްލިމެއް.“

”މުސްލިމަކަށް ހުރެ ކަލޭ ރާބޮނީ ކީއްވެ؟“

”ރާބުޔަސް ކާފަރަކަށް ނުވާނެ. ރާބުޔަސް ދީނެއް ނުގެއްލޭނެ. ރާބުއިމުން ބުއްދި ފިލައިގެންދޭ. ބުއްދި ސަލާމަތުން ނުހުންނަ މީހަކު ކުރާ ކުށަކަށް ގާނޫނުގައި އަދަބު ކަނޑައެޅިފައެއްނުވޭ.“

ސަލްމާން ބުނީ ތެދު ވާހަކައެކެވެ. ރާބުޔަސް ކާފަރަކަށް ނުވެއެވެ.

ދުނިޔޭގައި އޫރުމަސް ކައި އުޅޭ މުސްލިމުންނާއި ޒިނޭކުރާ މުސްލިމުންނާއި ވައްކަން ކުރާ މުސްލިމުންނާއި ނަމާދު ނުކުރާ މުސްލިމުންނާއި ރޯދަ ނުހިފާ މުސްލިމުންނާއި މުއްސަނދިކަމުގައި ހައްޖުގެ އަޅުކަން ނުކުރާ މުސްލިމުންނާއި އެއްޖިންސުން ގުޅުން ހިންގާ މުސްލިމުންނާއި ގަންޖާ ބޯ މުސްލިމުން އުޅެއެވެ. އަދި އެވަރުން ނުވެގެން ކީރިތި ރަސޫލާއަށާއި މާތް އައްލާހްގެ ރަސްކަންފުޅަށް ހުތުރު ބަސްތައް ބުނެ އުޅޭ މުސްލިމުން ވެސް އުޅެއެވެ.

“ މުސްލިމުންނޭ ކިޔައިގެން އެފާޑަށް އެ އުޅެނީ ލާދީނީ މީހުން.“ މީހަކު އެހެން ބުނާއިރާއަށް ފުންމައިގެން ތެދުވެ އެހެން ބަޔަކު ބުންޏެވެ.

”ދީނާ މުޅިން ޚިލާފު ކަންތައްތައް އެމީހުން ކުރިޔަސް އެމީހުންނާ ދިމާއަށް ލާދީނީއޭ ނުކިޔޭނެ.“

”މުސްލިމެއްގެ ގޮތުގައި ހުރެ ދީނާ ޚިލާފުކަންތައް ކުރާ މީހަކާ ދިމާއަށް ލާދީނީއޭ ނުކިޔައި ކިޔާނީ ކީކޭ؟“

”ރާބޯއޭ ގޮވާ! ގަންޖާ ބޯއޭ ގޮވާ! އެކަމަކު ލާދީނީއޭ ނުގޮވާ!“

ލާދީނީ މީހަކަށް ލާދީނީއޭ ނުކިޔައި އެ މީހަކަށް ކިޔާނީވެސް ކީކޭ ހެއްޔެވެ؟

ބަހުގެ އެކެޑަމީން ލާދީނީއަށް އެއަށްވުރެ ރީތި، އެއަށްވުރެ އައުލާކަން ބޮޑު ދިވެހިބަހެއް އުފެއްދިދާނެ ހެއްޔެވެ؟

އަޅުގަނޑު ހިތަށް އެރިއެވެ.

އެމީހުންނަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން މަހަކު އެއްފަހަރު ނެރުނު ”ފަތްތޫރަ“ ވެސް ދިވެހި ބަހުގެ އެކަޑަމީއަށް އެ އުޅެނީ ގަވައިދުން ނުނެރެވިގެންނެވެ.

ދެން އޮތީ ކޮންމެ ކަމަކަށް ގާނޫނެއް ހަދާ އުސޫލެއްގެ ދަށުން މަސްތުވާތަކެތި މަނާކުރަން ގާނޫނު ހެދިހެން، ”ލާދީނީ“ ލަފުޒު އުވާލަން ގާނޫނެއް ފާސްކޮށް، އެ ލަފުޒު ބޭނުން ކުރާ މީހުންނަށް ގާނުލްއުގޫބާތުގެ ދަށުން ބޮޑު އަދަބެއް ކަނޑައެޅުމެވެ.

ގާނޫނެއް ފާސްކުރުމަކީ ގާނޫނު ތަންފީޒު ކުރެވުމެއްނޫނެވެ.

މީސް މީހުން ފާޚާނާގަޔާއި މަސްދޯނިފަހަރުގަޔާއި ގޭތެރޭގަޔާއި ހޮނޑައިދޫގަޔާއި ސައި ހޮޓާތަކުގައި ލާދީނީ މީހުންނަށް ލާދީނީއޭ ގޮވައި ހީހީފަފައި ސަކަރާތްޖަހާނެއެވެ. ސަކަރާތްޖަހާ މީހުންގެ އަނގައިގައި ގާނޫނީ މަލަން ހިއްޕިޔަސް އެމީހުން ކިޔާއެއްޗެއް ކިޔާނެއެވެ.

އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހަކާ ދިމާއަށް އެ އުޅެނީ ދީނާ ދެކޮޅު ހަދާ މީހެކޭ ބުނާ މީހުންނަށް އަދަބުދޭން ގާނޫނު ބަދަލު ކުރުމަކީ އިސްލާމް ދީން ނިކަމެތި ކުރަން ހިންގާ ޖަރީމާއަކަށް ނުވާނޭ ހެއްޔެވެ؟

ދީނީ އަސާސްތަކަށް އިންކާރު ކުރުމަކީ ލާދީނީވުން ކަމަށް ވާނަމަ ދީނީ އިލްމުވެރިން އެވާހަކަ ނުދައްކައި ތިބޭނޭ ހެއްޔެވެ؟

ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ ނުރައްކާތެރި ބަޔަކަށް ނުވޭހެއްޔެވެ؟

ރާއްޖޭގައި ”ލާދީނީ ގާނޫނު“ ހަދައި ފާސްކުރާނަމަ، އެ ގާނޫނުގައި ލާދީނީގެ އޯޑިއޯއާއި ވީޑިއޯއާއި ލާދީނީގެ ލަފުޒުވެސް ރާއްޖޭގެ ސިޔާސީ ސަރަހައްދާއި އިގުތިސާދީ ސަރަހައްދުގައި ބޭނުން ކުރުން މަނާކުރަންވާނެ އެވެ.

ގާނޫނުން އަދަބު ދޭނީ ލާދީނީއޭ ބުނުމުން ހެއްޔެވެ؟ ނުވަތަ ކޯޓަކަށް ގެންގޮސް އެ ބަސް ރައްދުވީ މީހާ ލާދީނީ މީހެއް ކަމަށް ސާބިތުކޮށް ނުދެވުނީމާ ހެއްޔެވެ؟ ސާބިތުކޮށް ދީފިއްޔާ އެ ބަސް ރައްދުވީ މީހާއަށް އޮތް އަދަބަކީ ކޮބައި ހެއްޔެވެ؟ އެކަން ހަމަޖައްސާނީ ކޮން ގާނޫނަކުން ހެއްޔެވެ؟

ލާދީނީ މީހަކާ ދިމާއަށް ލާދީނީއޭ ނުކިޔަސް ކޮންމެވެސް އެއްޗެކޭ ކިޔަން އެބަޖެހެއެވެ. ހަރުކަށި ވިސްނުމުގެ މީހުނާ ދިމާއަށް ހަރުކަށްޓޭވެސް އެބަ ކިޔައެއް ނޫން ހެއްޔެވެ؟ ވަގުންނަށް ވަގަށްވެސް އެބަ ގޮވައެއް ނޫން ހެއްޔެވެ؟ ދަބަހުގައި ދިޔާތަކެތި، އުފުލާ މީހުނާ ދިމާއަށް ”އަދީބުގެ ބޯއި“ އޭވެސް އެބަ ގޮވައެވެ. ހަމުގެ ކުލަ ކަޅުވީމާ ކާޅޭވެސް އެބަ ގޮވައެވެ. އެކަމަކު ވެސް ލާދީނީއޭ ގޮވައިގެން ނުވާނެއެވެ.

ސަލްމާން ޚާނަކީ ރާބޯ މުސްލިމެކެވެ.

ސަލްމާން ރުޝްދީއަކީ މުސްލިމަކަށް ހުރެ މުރުތައްދުވެފައިވާ މީހެކެވެ.

ސުއާލަކީ ލާދީނީ މީހުންނަށް ލާދީނީއޭ ނުކިޔައި ކިޔަންވީ ކީކޭހެއްޔެވެ؟

 

Loading

7 Responses

  1. ކިޔަން ވީ: ދިން ވިއްކާ ޝޭހުން. ޖީބައްޓަކާ އުޅޭ ތުނބުޅި ގުރޫޕް.

  2. ސަލްމާނުގެ ބާތްސެޓްފިކެޓް އޮންނަނީ ހިންދޫ މުސްލިމެއް ކަމަށް އެހެންވީމަ އޭނަ އެއީ މުސްލިމެކޭ ނުބުނެވޭނެ.
    ފާޅުގަ ބުދު ދީނުގެ އަޅުކަމުގައި ބައިވެރިވޭ . ޝަރީކް ކުރާމީހަކީ މުސްލިެއްނޫން

    1. އަޑަފި އަށް ނުނަގާތީ. ވަރަށް ދެރަ. އެމީހުން ބުނަނީ ﷲ ލިޔެފައި އޮތުމުން ޢަރަބި ފޮންޓްގެ މައްސަލައެއް ޙައްލުނުވާތީވެ ދިވެހިން ލިޔަން. އަޑަފިން ގިނަ މީހުން ކިޔާތީ މެސެޖަށް މާބޮޑު އަސަރެއް ނުކުރާތީ ސަންދާނުން އެގޮތަށް ބަދަލުުރެވެނީއެވެ. އަސްލު ވަރަށް ދެރަކަމެކެވެ. މިހާރުވެސް މިގެންދަނީ އަޑަފި އަށް އެކަން ޝަކުވާ ކުރަމުންނެވެ. އިންޝާﷲ، ލަހެއްނުވެ އެކަން އެބޭފުޅުންނަށް ޙައްލުކުރެވޭނެއެވެ.

  3. ގަސްދުގައި ސަހިންދާމެން މުޖޫމެން ﷲ އާއި ﷲގެ ރަސޫލާ އަހަރެމެންގެ ނަބިއްޔާއަށް ފުރަށްސާރަ ކުރާތީ މި ޑިމޮކްރެސީ ބައިގަނޑަށް ދެރަވެ ކަންބޮޑުނުވަނީ ކިއްވެބާއޭ ހިތައްއަރައެވެ. ދެން މިހާރު ލާދީނީ ނުކިޔޭނެތާއެވެ. ވީމާ ޑިމޮކްރެސީ ކުދިންކޮޅޭ ކިޔާނީއެވެ. ދެން އޯކޭ ނު؟ މިހެންވަނީ މިކުދިންކޮޅަށް ހެޔޮލަފާމީހުން ގައުމު ދޫކޮށްލީތީއެވެ. ދެން އަންނަ ވޯޓަކުން ބޮޑުތަނުން ނޫނެކޭ ބުނެ ސައްޕެއް ޖެހީމާ އެ ނިމުނީނޫންހެއްޔެވެ. ދެން އެމީހުންގެ ފުރެންޑުން ކައިރިައަށް ގޮސް ވެލެޒިނީ އުޅުނުހެން ހިލޭ އުޅެވިދާނެއްނޫން ހެއްޔެވެ. އަހަރެމެންގެ ގޭގައި އަހަރެމެނަށް ބަލާ ބޮޑު ކުރީމާ އަހަރެމެންނަށް އަދި ޑިމޮކްރެސީ ކުދިންކޮޅަށްވެސް އޯކޭ ނޫންހެއްޔެވެ.

  4. މިއީ ވަރަށް ބޮޑު މައްސަލައެއް. ދެރައީ އަންނި އޭނާބޭނުންވާގޮތް ނޫން އެހެން އެއްވެސް ގޮތެއް ނޯންނަކަން. ވާހަކަ ދައްކާއިރުވެސް ގަދަފައިވިއްދާފާ ކަންކުރަން އުޅޭއިރުވެސް އެއްވެސް މެދުމިނެއް ނެތްކަން ވަނީ ތަކުރާރުކޮށް ދައްކާފައެވެ. ސޯލިޙު ރައީސް ކީރިތިފުޅުއްވުން ކުރެއްވުން ފިޔަވާ ދެފަރާތުގެ މެދުމިން ދެމެހެއްޓުމަށް ޢަމަލީގޮތުން ކުރެއްވުން އެއްވެސް ކަމެއް ނެތެވެ. މީހުރިހާ ދެރައެއް އޮތީ އެންމެ އާދައިގެ ދިވެހި ރައްޔަތު މީހާއަށެވެ. ބުއްދިނެތް ޖަހަވާރު ތަކެއްހެން އިލެކްޓެޑް އޮފިޝަލުން އުޅެންފެށީމާ ދެންވާނެ ހައެތި މިގައުމަށް މިދިމާވަނީއެވެ.
    ދެފަރާތުގެ ހަރުކަށިތަށް މަޑު ކައްޓަށް ބަދަލުވުން ލާޒިމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް