ބަންގީގެ އަޑު މަޑުކުރުމުގެ ދިފާއުގައި ސައުދީ އަރަބިޔާގެ އިސްލާމިކް މިނސްޓަރ ވާހަކަފުޅުދައްކަވައިފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީން ދާދިފަހުން ވަނީ މިސްކިތްތަކުގެ ސްޕީކަރުގެ އަޑުގެ ބާރުމިން ވަކި ހަމައެއްގައި ހިފަހައްޓަން ޖެހޭނެކަމަށް އަމުރުކޮށްފައެވެ. މިގޮތުން ކޮންމެ މިސްކިތެއްގެވެސް ސްޕީކަރުގެ އަޑު ހުންނަން ޖެހޭނީ މެކްސިމަމް ވޮލިއުމްގެ ތިންބައި ކުޅަ އެއްބައިގައި ކަމަށް ވެސް މި އަމުރުގެ ދަށުން ބުނެފައިވެއެވެ.

މިސްކިތްތަކުގެ ސްޕީކަރުގެ އަޑު ކޮންޓްރޯލްކުރުމުގެ ގަވައިދާއި ގުޅިގެން ސައުދީގެ ސްޓޭޓް ޓެލެވިޒަންގައި ވާހަކަފުޅުދައްކަވަމުން އަލް ޝެއިޚް ވަނީ ނަމާދުކުރަން ބޭނުންވާ މީހެއްނަމަ ކޮންމެހެން ބަންގިގޮވަންދެން މަޑުކޮށްގެން ހުންނަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އެތައް ހާސް މިސްކިތެއް ހުންނަ ގައުމެއްގައި ކޮންމެ މިސްކިތަކުން އެހާ އަޑު ބާރުކޮށް ބަންގިގޮވަން ނުޖެހޭނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ގިނަ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި އަމުރުކޮށްފައިވަނީ ސައުދީގެ އަމީރު މުޙަންމަދު ބިން ސަލްމާންގެ އަމުރުފުޅުގެ ދަށުންނެވެ. މުޙަންމަދުބިން ސަލްމާން ވަނީ ޒަމާންވީ ގާނޫނުތައް އުވާލައި ސައުދީގައި ސިނަމާތަކާއި ދެ ޖިންސު މަސްހުނިވެގެން އުޅެވޭ ކޮންސެޓުތައް ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ. އަދި އަންހެނުންނަށް މީގެކުރިން ލައިސެންސު ނަގައި އުޅަނދު ދުއްވުމުގެ ހުއްދަ ނެތް ގައުމެއްގައި އޭނާ ވަނީ މި ހުއްދަ ދެއްވައި ކުރީގެ ގާނޫނުތައް ބާތިލު ކުރައްވާފައެވެ.

ސައުދީގެ ގިނަ ރައްޔިތުން މިސްކިތްތަކުގެ ސްޕީކަރުގެ އަޑު މަޑުކުރުމަށް އެންގެވި ގަވައިދާ ގުޅިގެން ޝަކުވާކޮށްފައިވާތީ އެ ގައުމުގެ އިސްލާމިކް އެފެއާސް މިނިސްޓަރ ވަނީ އެ ގަވައިދުގެ ދިފާއުގައި ވާހަފުޅު ދައްކަވާފައެވެ. އަދި އެ ގަވައިދު ތަންފީޒުކޮށްފައިވަނީ މިސްކިތްތަކުގެ އަޑުގަދަކަމުން ގިނަ ބަޔެއްގެ ޝަކުވާތައް ލިބުމާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް