ރަހީނުކޮށްގެން އަނިޔާކުރުރި މައްސައްލައިގައި ހައްޔަރު ކުރި މީހުން ބަންދަށް 15 ދުވަސް

Loading

Facebook
Twitter
WhatsApp

 

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ޖަހާފައި ވަނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ އެވެ. އަދި ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.
މާރާމާރީގައި ހަސަންގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން ހަސަންއަކީ ވައްކަމުގެ ގިނަ ތުހުމަތު ތަކެއް ކުރެވިފައިވާ މީހެކެވެ. އަދި އެރަށު ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި މި މާރާމާރީ އަކީ ވައްކަމާ ގުޅިގެން ހިންގާފައިވާ މާރާމާރީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް