ކޯވިޑް19ގައި 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް 18 އަހަރުން ދަށުގެ ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގަައި ނިޔާވެފައިވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. މި ކުއްޖާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ކުއްޖެކެވެ. އެ އަންްހެން ކުއްޖާ ނިޔާވެފައިވަނީ ފަރުވާދެމުން ދަނިކޮށް މިރޭ 12:10 ގައެވެ.

މިއީ ރާއްޖެއިން ކޮވިޑް-19ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން 18 އަހަރުން ދަށުގެ ކުއްޖަކު ކޮވިޑް-19ގައި ނިޔާވެފައެއް ނުވެއެވެ. މި މަރާއެކު ކޮވިޑް-19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 170އަށް އަރައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް