ވެކްސިން ޖަހާފައި ތިބި އެތައް ޑޮކްޓަރުންނެއް އިންޑޮނޭޝިޔާގައި ކޯވިޑް 19 އަށް ފައްސިވެއްޖެ

އިންޑޮނޭޝިޔާގައި 350 ޑޮކްޓަރުން ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އަދި ފަސް ޑޮކްޓަރުން ވަނީ މި ބަލީގައި މަރުވެފައެވެ. ފައްސިވެފައިވާ ހުރިހާ ޑޮކްޓަރުންނަކީވެސް ކޮރޯނާ ވައިރަހުގެ ވެކްސިން ޖަހާފައިވާ މީހުންނެވެ. އިންޑޮނޭޝިޔާގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަހަރު ޖެނުއަރީ މަހު ފެށުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. މައިގަނޑު ގޮތެއްގައި އެ ގައުމުގައި ބޭނުންކުރި ވެކްސިން އަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ ސިނޮވެކް ވެކްސިން ކަމުގައި އިންޑޮނޭޝިއަން މެޑިކަލް އެސޯސިއޭޝަން […]
ތިމާ އަރާ ބޫޓުގެ ސައިޒު އޮޅިއްޖެނަމަ ފައިން ދެމިގެންދާނެ!

މިއީ އަޅުގަނޑުމެންގެ ވިސްނުންތެރިން ވަރަށް ކުރިއްސުރެ ވެސް ދެމުންގެންދާ އިންޒާރެކެވެ. ހެޔޮ ނަސޭޙަތެކެވެ. ތިމާ އަރާ ބޫޓުގެ ސައިޒު އޮޅި ސައިޒު ބޮޑުވެއްޖެނަމަ ފައިން ދެމިގެންދާނެއެވެ. އޭރުން ހުރެވޭނީ ބޫޓު ފައިން އުފުރި ހުސް އިސްޓާކީނު ގައެވެ. ނުވަތަ ހުސްފައިގައެވެ. މިފަދަ މީހުންގެ ބޮޑާކަމާއި މަވަރެއް ނެތްކަމަށް ތިމާއަށްފެނި، އޮޅި، މީހުންނާއި ރުންކުރު ގޮތްގޮތަށް ބަސްމޮށި މުޢާމަލާތު ކުރަމުން ދިއުމަކީ ދުނިޔެވީ އާދައެކެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ ވަރަށް މަޝްހޫރު ކާމިޔާބު ޝަޚުޞިއްޔަތުންނެވެ. ނަމަވެސް ޙަގީގަތަކީ […]
މާލީ ޒިންމާދާރުވެރިން ދެން އައްޔަންކުރުރާނީ އިމްތިހާނަކަށް ފަހު

މާލީ ޒިންމާދާރުވެރިން ދެން އައްޔަން ކުރާނީ އިމްތިހާނެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަން ޖެހޭނެ ކަމަށެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ މީހަކީ އެ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ […]
ލޯންޗްތަކުގައި ރޯވުން: ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗް ނުހިމެނޭ

މާލޭ ދެކުނު ފަޅުތެރެއިން ލޯންޗު ތަކެއްގައި އިއްޔެ އަލިފާން ރޯވިއިރު، ރޯވެ އަދައިގެންދިޔަ ލޯންޗުތަކުގެ ތެރޭގައި މެއި ފުރަތަމަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުން ތެރޭގައި ހިމެނޭ ދެ މީހަކު ހަމަލާދިން ރޭގެ ހަ ދުވަސް ކުރިން ހުޅުމާލޭ ފަޅުތެރެއިން ފުލުހުން ހުއްޓުވި ލޯންޗެއްގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް […]
އަފްޣާނިއްތާނު ޖަލުގައި ތިބި ދިވެހި ކުޑަކުދިން ނުގެނެވުނީ ބެލެނި ވެރިން އެއްބަސްނުވެގެން: އެޗްއާރުސީއެމް

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް ދެކޮޅު ހެދީ ބެލެނިވެރިންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)އިން ބުނެފި އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގެ ތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ދިވެހި ދެ މަފިރިންނާއެކު އެ ދެމީހުންގެ ހަތަރު ކުދިންވެސް ތިބީ ޖަލުގައިކަމަށެވެ. ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހ. މޫންލައިޓް އަލީ ޝާފިއު އާއި […]
ފުލިދޫގައި ލޯންޗެއްގޮވައި މީހަކަށް އަނިޔާވެއްޖެ

ވ. ފުލިދޫ ލޯންޗެއްގެ ޕެޓްރޯލު ޓޭންކު ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗް ދުއްވަން އިން މީހާއެވެ. އޭނާ މިހާރު މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމަެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާގެ މައިބަދައަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށް ބެލެވޭކަމަށް ރަށު ކައުންސިލުން ބުނެއެވެ. ލޯންޗް ގޮވި އިރު ހަ މީހުން ލޯންގައި ތިއްބެވެ. އޭގެ ތެރެއިން އަނިޔާވި މީހާފިޔަވައި […]
ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ރައީސް އޮފިހަށް ފޮނުވައިފި

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވާ ހަ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލްތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އިސްލާހު ގެނައުމަށް އެކުލަވާލާފައިވާ ބިލުތައް ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު […]
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި ހާއްސަ ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މި ލޯނުދޫކުރަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ލޯނު ދޫކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ހައްލެއް ގެނައުމަށް އެހީތެރިވުންކަމަށްސަރުކާރުންބުނެއެވެ. ”މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، […]
އަފްޣާނިސްތާނުގައި ހައްޔަރުކުރި ދިހެވި އާއިލާއަށް ދިވެހި ފުލުހުން އަނިޔާކުރިވާހަކަ ދޮގުކޮށްފި

ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި އާއިލާއަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ. އަފްޣާނިސްތާނުން ހައްޔަރު ކޮށްފައި ވަނީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ. ފުލުހުން ބުނީ އަލީ ޝަފިއުއަށާ އޭނަގެ އާއިލާއަށް ދިވެި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ފިލުހުން […]
ކިހިނެއް މިވަނީ؟ އިޒްރޭލުން ފްލައިޓްތައް ރާއްޖެ އަންނަ ވާހަކަ ބުނާއިރަށް ސަރުކާރުން ބުނަނީ އެއީ ދޮގެއްކަމަށް

އިޒްރޭލުގެ އެންމެ މަޝްހޫރު ނޫސްކަމުގައިވާ އިޒްރޭލް ހަޔޫމްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވާގޮތުގައި އިޒްރޭލުން ފުރައިގެން ސީދާ ދިވެހިރާއްޖެއަށް ފްލައިޓަކުން ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އިޒްރޭލުގެ ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ ކަމީނޯސްއިން މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލުން ރާއްޖެއަށް ދަތުރުކުރުމަށް އިންތިޒާމުކޮށްފައިވާ ފްލައިޓުތައް ސެޕްޓެމްބަރު 6 އަކުން އޮކްޓޯބަރު 4 އަކާ ހަމަޔަށް އޮޕަރޭޓް ކުރާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ. މި ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 995 ޑޮލަރެވެ. މި ދަތުރުތައް ކުރެވޭނީ އެއަރ […]