ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ރައީސް އޮފިހަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވާ  ހަ ގާނޫނަކަށް އިސްލާހު  ގެނައުމުގެ ބިލްތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އިސްލާހު  ގެނައުމަށް އެކުލަވާލާފައިވާ ބިލުތައް

  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުނަށް  އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  • ދައުލަތުގެ މާލިއްޔަތުގެ ގާނޫނުނަށް އިސްލާހު  ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު

ލާމަރުކަޒީ ގާނޫނާއި އެގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް 23 ޑިސެންބަރު 2020އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އިސްލާހު ކުރަންޖެހެހެއެވެ. އަދި އެއިސްލާހުގެ ބިލްތައް ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް މިމުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ބިލުތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައިކަމަށް ބަންޑާރަ ނައިބުގެ އޮފީހުންބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ، ހިނގަމުންމިދާ ދައުރަށް ސަރުކާރުން ހުށަހަޅުއްވަން ނިންމަވާފައިވާ ބިލުތަކުގެ ތެރެއިން އަށް ބިލެއް މިހާރުވެސް ވަނީ ފޮނުވާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިހިނގާ 2021ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ތެރޭގައި ޖުމްލަ 19 ބިލެއް މަޖިލީހަށް ފޮނުއްވަން ނިންމަވާފައިވާކަމަށެވެ. މީގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުއްވާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމުގެ ދެ ބިލެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ އިތުރުން ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުވެސް މީގެތެރޭގައި ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް