އެއްއަވަށުގެ އެންމެންހެން ނުހިނގިފައި: ދެބެންގެ ދެ ދަރި މީހުން ކައިވެނި ކުރުމުން ދިމާވާ މައްސަލައެއް

Loading

Facebook
Twitter
WhatsApp

ބްރެޒިލްގެ އިރު އުތުރު ހިސާބެއްގައިވާ ކުޑަ އަވަށެއް ކަމަށްވާ ”ސެރިންހާ“ ގައި ގިނަބަޔަކު ނުހިނގިފައި ތިބުމާއިއެކު އެކިފަރާތްތަކުން ކުރިމަސައްކަތުން ހޯދިފައިވާ ގޮތުގައި މިކަން މައިގަނޑުގޮތެއްގައި ކުރިމަތިވަނީ ދެބެންގެ ދެދަރި،ނުވަތަ އާއިލީގޮތުން ގާތް މީހުން ކައިވެނި ކުރުމުންނެވެ.


މިބައްޔަށް ކިޔާނަމަކީ ސްޕޯއަން ސިންޑްރޯމްއެވެ. ބައްޔާބެހޭގޮތުން މިހާތަނަށް އެންމެ ގިނަ ހޯދުންތައް ހޯދާފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ ބައެލޮޖިސްޓް އަދި ޖެނެސިޓިސްޓް ސިލްވާނާ ސަންޓޯސް ކިޔާ މީހެކެވެ.މިހޯދުންތަކާ ގުޅިގެން ސިލްވާނާ ސަންޓޯސް ވަނީ 2024 ވަނައަހަރު ބީބީސީން ހޮވި އެންމެ ”އިންފްލުއެންޝަލް“ 100އަނަހެނުންގެ ތެރޭގައި ހިމެނިފައެވެ.
މީގެ ވިހިއަހަރުކުރިން، ފަސްހާހެއްހާ މީހުންގެ އާބާދީއެއްއޮންނަ، ބްރެޒިލްގެ އެކުޑަ އަވަށަށް ސަންޓޯސް ދިޔައިރު،އަވަށުގެ ގިނަ ކުޑަކުދިންނަށް ނުހިނގިފައި ތިބެނީ ކީއްވެގެންކަމެއް އާންމުންނަކަށް ނޭގެއެވެ.ސަންޓޯސްގެ ރިސަރޗް މަސައްކަތުގެ ކުރިން ބައްޔާބެހޭގޮތުން މާބޮޑު ހޯދުންތަކެއްވެސް ހޯދިފައެއްނުވެއެވެ.
ސަންތޯސްގެ ރިސަރޗުން ސާބިތުވެފައިވާ ގޮތުގައި މިބަލި، ”ސްޕޯއަން ސިންޑްރޯމް“ އަކީ ކައިވެނިކުރާ މީހެއްގެ ގޮތުން،ލިބޭ ދަރިންގެ ހަށިގަޑަށް ޖެނެޓިކްގޮތުން އަންނަ ބަދަލަކުން ޖެހޭ ބައްޔެކެވެ.ނުވަތަ އެއްގޮތް ޖީންތަކެއް ގުޅިގެން އުފެދޭ ކުދިންނަށް ކުރިމަތިވާ މައްސަލައެކެވެ. މިހެން ދިމާވުމުން އެންމެ ބޮޑަށް އަސަރުކުރަނީ އިންސާނާގެ މައިބަދަ ނުވަތަ ”ނާވަސް ސިސްޓަމް“ އަށެވެ. އަދި މިކަމާ ގުޅިގެން އުފެދޭ ކުދިންގެ މުޅިހަށިގަނޑުގެ ބާރު ވެސް ދޫވެއެވެ.
ބައެލޮޖިސްޓް އަދި ޖެނެސިޓިސްޓް ސިލްވާނާ ސަންޓޯސް އަކީވެސް ބްރެޒިލްއަށް ނިސްބަތްވާ މީހެކެވެ. މައްސަލަ ކުރިމަތިވެފައިވާ އަވަށް ކަމަށްވާ ”ސެރިންހާ“ އަށް ނިސްބަތްވާ ބައެއްމީހުން، ސަންތޯސްގެ އަވަށް ކަމަށްވާ ސައުޕައުލޯ ގައިވެސް އުޅޭކަމަށް ވެއެވެ. މިބައްޔާމެދު އޭނާގެ ޝައުގުވެރިކަން އުފެދުނީ މިސަބަބާ ހުރެއެވެ.
ސަންތޯސް ހޯދި ހޯދުމުންތަކުން އެނގިފައިވާގޮތުގައި ”ސެރިންހާ“ ގެ ގިނަ މީހުން ކައިވެނިކޮށްފައިވަނީ ދެބެންގެ ދެދަރި ނުވަތަ އާއިލީގޮތުން ގާތް މީހުންނާ އެވެ. ސަންތޯސް ”ސެރިންހާ“ އަށް ދިއުމުން ގިނަމީހުން އޭނާޔަށް މައުލޫމާތުދީފައިވަނީ ގިނަބަޔަކު ނުހިނގިފަ ތިބި ކަމަށެވެ. އަދި މިހެން ދިމާވަނީ ކީއްވެގެން ކަމެއް ނޭގޭކަމަށް އޭރު އެމީހުން ބުނެފައިވެއެވެ.
ނުހިނގުމުގެ އިތުރުން ބައެއްމީހުންނަށް އެހެން ސިއްހީ މައްސަލަތައްވެސް ދިމާވެފައިވެއެވެ. މިގޮތުން ލޮލުގެ ހަރަކާތް ކޮންޓްރޯލް ނުކުރެވުމާއި އަތް ތުރުތުރު އެޅުންފަދަ މައްސަލަތައް ހިމެނެއެވެ.
”ސެރިންހާ“ ގައި މިބަލި މިހާބޮޑަށް ކުރިމަތިވެފައިވަނީ އަވަށުގެސައިޒު ކުޑަވެފައި ބިމުގެ ގޮތުން އެއަވަށް ވަކިން އޮންނާތީ ކަމަށް ބެލެވިފައިވެއެވެ. އާބާދީ ކުޑަވެފައި އަވަށަކީ ވަކިން އޮންނަ އަވަށަކަށް ވުމުން ދެބެންގެ ދެދަރި އާއި ހަމައިން ކައިވެނި ކުރަމުން ގެންދާތީއެވެ.
ހޯދި ހޯދުންތަކުން މިހާރު ހާމަވެފައިވވާ ގޮތުގައި ”ސްޕޯއަން ސިންޑްރޯމް“ ޖެހިފައިވާ 82 މީހުން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ފެނިފައިވެއެވެ.
މުޅިދުނިޔެއަށް ބަލާއިރު، އާއިލީގޮތުން ގާތް މީހުން ކައިވެނިކުރުމުގެ ނިސްބަތް 2010ވަނަ އަހަރު ހުރީ 10އިންސައްތައިގައެވެ. ފަހުގެ ހިސާބުތަކަށް ބަލާއިރު ޕާކިސްތާން ފަދަ ބައެއް ގައުމުތަކުގައި މިއަދަދު 50 އިންސައްތަޔަށްވެސް އަރާފައިވެއެވެ. އެމެރިކާ އަދި ރަޝިޔާގައި މިއަދަދުހުރީ 1ޕަސެންޓަށް ވުރެ ދަށުގައެވެ.
އާއިލީގޮތުން ގާތްކަމެއްނެތް، ދުރު ދެމީހުން ކައިވެނިކޮށްފިނަމަ، ޖެނެޓިކް ޑިސްއޯޑަރ އެއްހުރި އަދި ނުކުޅެދޭ ކުއްޖަކު ލިބުމުގެ ފުރުސަތު އޮންނަނީ 2ނުވަތަ 3އިންސައްތައިގައެވެ. ނަމަވެސް ތިމާގެ މީހުން ކައިވެނިކުރުމުން މިނިސްބަތް 5ނުވަތަ 6އިންސައްތަޔަށް މައްޗަށް ދާކަމަށްވެއެވެ.
މިފަދަ ބަލިތައް ކުރިމަތިވީ ނަމަވެސް ކައިވެނިކުރާ ދެބެންގެދެދަރި ގިނަ ދެމަފިރިންނަށް ލިބެނީ ސިއްހަތު ރަގަޅު ދަރިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް