އަފްޣާނިއްތާނު ޖަލުގައި ތިބި ދިވެހި ކުޑަކުދިން ނުގެނެވުނީ ބެލެނި ވެރިން އެއްބަސްނުވެގެން: އެޗްއާރުސީއެމް

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް ދެކޮޅު ހެދީ ބެލެނިވެރިންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)އިން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގެ ތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ދިވެހި ދެ މަފިރިންނާއެކު އެ ދެމީހުންގެ ހަތަރު ކުދިންވެސް ތިބީ ޖަލުގައިކަމަށެވެ.

ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން  ހ. މޫންލައިޓް އަލީ ޝާފިއު އާއި އޭނަގެ އަންހެނުން ހައްޔަރުކުރީ މީގެ ތިން އަހަރުކރިންއެވެ. އަފްޣާނިސްތާނުގެ އައިސިސް ޖަމާއަތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ 21 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓުން ވަނީ އެ ދެމަފިރިއެއްގެ މަށްޗަށް ކޮށްފައެވެ. މި ދެމީހުންނާއެކު އެމީހުންގެ ހަތަރު ދަރިންވެސް ފުލުހުންގެ ބަލުމުގެ ދަށަށް ގެންދިޔައެވެ. މި އާއިލާއާ މެދު އިހާނެތިކޮށް ރާއްޖޭން ކަންކަން ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވާހަކަ ފަތުރަމުންދާތީ މިކަމާ ގުޅިގެން އެޗްއާރުސީއެމުން މި އަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެމަފިރިން ދިގުމުދަތަށް ޖަލައްލާފައިވާއިރު އެމީހުންގެ ހަތަރު ދަރިންވެސް ޖަލުގައި ތިބިކަން އެގުމާއެކު އެކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަށް ގުޅިގެން ކުރިކަމަށެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ އެ ދެމަފިރިންކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

“  މި ހާދިސާ ހިނގިތާ ކުރީކޮޅު މައްސަލައިގައި ހިމެނޭ ހަތަރު ކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުންވެސް ދެކޮޅު ނޫންކަމާއި ކުދިން ރާއްޖެ ގެނެވޭ ގޮތް އޮތްކަމަށާ، އެހެން ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމަށް މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މި ކޮމިޝަނަށް ހިއްސާކުރި މައުލޫމާތުން ފާހަގަ ކުރެވުނު“ އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް އެއްވެސް ކުށެއް ނެތް ކުދިންތަކެއް ޖަލުގައި ތިބެންޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށް އެޗްއާރްސީއެމުން އިސްނަގައިގެން އަލީ ޝާފިއުގެ އާއިލާއާއި މަޝްވަރާކުރިކަމަށެވެ. އަދި މިމަޝްވާރާތަކަށް ފަހު ކުދިންގެ ބެލެނިވެރިން އެކުދިން ރާއްޖެ ގެނައުމަށ އެއްބަސްވިކަމަށް އާއިލާއިން އެޗްއާރސީއެމަށް އެންގިކަމަށާ އެކަން ވަގުތުން ކަމާބެހޭ އިދާރާތަކަށް އެންގިކަމަށް އެކޮމިޝަނުން ބުނެއެވެ.

އެސްއާރުސީއެމުން ބުނީ ކަމާ ބެހޭ އިދާރާތަކުން މި މައްސަލައިގައި އަމަލުކުރަމުންދާގޮތް ވަރަށްގާތުން ބަލަމުންދާކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން އެކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ކަމާބެހޭ އިދާރާތަކުން އެ ކޮމިޝަނަށް އަންގާފައިވާކަމަށް ވެސް އެ އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

މި މައްސަލަ އާ ގުޅިގެން އިއްޔެ ފުލުހުންވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ފުލުހުންވެސް ބުނީ އެއާއިލާއާމެދު ރާއްޖެއިން އިހާނެތިކޮށް ކަންތއް ކޮށްފައި ނުވާނެކަމަށާ، އެފަދަ ދޮގުފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް