ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
![]()
