ލޯންޗްތަކުގައި ރޯވުން: ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗް ނުހިމެނޭ

Loading

Facebook
Twitter
WhatsApp

މާލޭ ދެކުނު ފަޅުތެރެއިން ލޯންޗު ތަކެއްގައި އިއްޔެ އަލިފާން ރޯވިއިރު، ރޯވެ އަދައިގެންދިޔަ ލޯންޗުތަކުގެ ތެރޭގައި މެއި ފުރަތަމަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުން ތެރޭގައި ހިމެނޭ ދެ މީހަކު ހަމަލާދިން ރޭގެ ހަ ދުވަސް ކުރިން ހުޅުމާލޭ ފަޅުތެރެއިން ފުލުހުން ހުއްޓުވި ލޯންޗެއްގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ލޯންޗް ދޫނިދޫއަށް ދިޔަ ކަމަށާ ފުލުހުން ޕެޓްރޯލް ފޯރުކޮށްދިންކަމަށް ދެކެވުނު ވަހަކަތައް އިއްޔެ އެއިދާރާއިން ވަނީދޮގުކޮށްފައެވެ.

އިއްޔެ ހެންދުނު މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއްހިގައި ތިން ލޯންޗެއް ރޯވެ، އިތުރު ތިން ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބުނުފަހުން ބަޔަކު ދަނީ މި ތަނުން އެނދި ލޯންޗްތަކުގެ ތެރޭގައި ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗް ހިމެނޭކަމަށް ވާހަކަ ފަތުރާފައެވެ. އަދި މި ލޯންޗް އަންދައިލީ ގަސްތުގަކަމަށް ތުހުމަތުކޮށް އެކަން ކުރީ ރައީސް ނަޝީދަށް ދިން ހަމަލާގެ ހެކި ފޮރުވަންކަމުގެ ވާހަކަތައް ދަނީ ފަތުރަމުންނެވެ.

މިކަން ދޮގުކޮށް ފުލުހުން ބުނީ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ހަ ދުވަސްކުރިން ކަނޑުމަތިން ހުއްޓުވި ލޯންޗް ނުހިމެނޭކަމަށެވެ.

މާލޭ ދެކުނު ފަރާތު ބަނދަރު ފަޅުތެރޭގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީ އެއް ވަނީ ފިހިފައެވެ. އެ މީހާގެ ގައިގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް