މާލީ ޒިންމާދާރުވެރިން ދެން އައްޔަންކުރުރާނީ އިމްތިހާނަކަށް ފަހު

95

 

 

މާލީ ޒިންމާދާރުވެރިން ދެން އައްޔަން ކުރާނީ އިމްތިހާނެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު  ބަޔާނެއްގައި ބުނެފައި ވަނީ މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ މީހަކީ އެ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ މީހަކަށްވުން ކޮންމެހެން ލާޒިމު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ ދައުއުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ކުރުމަށް ހަމަޖެއްސިކަމެއްކަމަށެވެ.

އަދި މިކަމަކީ މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ މީހުންނަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ މީހުންނަށް ހެދުމުގެ މަސައްކަތުގެތެރެއިން ކުރަމަށް ހަމަޖެއްސި ކަމެއްކަމަށް ވެސް އެ މިނިސްޓްރީން ބުނއެވެ.

ދައުލަތުގެ އިދާރާތަކުގައި ތިބި މާލީ ޒިންމާދާރު ވެރިންނަށް އިމްތިހާނުތައް ފުރިހަމަ ކުރެވޭނެ ގޮތް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާގުޅޭ މައުލޫމާތު އޮފީސްތަކާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ފިނޭސްސްން ނެރުނު  ބަޔާނުގައިވެއެވެ. އަދި މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދާ މީހުން އޮގަސްޓު 22 ގެ ކުރިން އެ އިމްތިނާހު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މާލިއްޔަތުގެ ގަވާއިދުގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ތެރެއިން އެ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ މީހުން ކަނޑައަޅައި އެ ބަޔަކު އޮކްޓޯބަރު އެކެއްގެ ކުރިން އިމްތިހާނު ފުރިހަމަކުރާ ގޮތަށް މަސައްކަތް ރާއްވަމުން ގެންދާ ކަމަށްވެސް  މިނިސްޓްރީން ބުނއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކަކީ ސިޔާސަތުތަކެއް ކަނޑައެޅުމަށްވުރެ، އިދާރީ މަސައްކަތްތަކެއް ކަމުން ދައުލަތުގެ ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ އެއްވެސް މީހަކު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަން ނުކުރާނެ ކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ