ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި ހާއްސަ ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މި ލޯނުދޫކުރަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

މި ލޯނު ދޫކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ހައްލެއް ގެނައުމަށް އެހީތެރިވުންކަމަށްސަރުކާރުންބުނެއެވެ.

”މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއް“ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ލޯނު ދޫކުރާނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓް ރޭޓުގައި، 4 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށާ އަދި ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށްކަމަށެވެ.

މި ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމުތައް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ ކޮވިޑް-19، އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް އެދި ލޯނަށް ހުށަހެޅޭނެކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެހީވުމަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރަން އިއުލާންކޮށްފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަނެއް ވަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓް، ޖިމް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.
ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ”ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމް“ގެ ނަމުގައިވެސް ލޯނު ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެސްއެމްއީ ބޭންކުން ވިޔަފާރިތަކަށް އެހީތެރިވުމަށް މި ޕެކޭޖްގެ ދަށުން 341.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް 19.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ޕެކޭޖްގެ ދަށުން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ 201 މިލިއަން ރުފިޔާއެވެ. ދެ ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.4 މިލިއަން ރުފިޔާއެވެ. 55.3 މިލިއަނާއިއެކު ތިން ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް