އިޒްލޭލުގެ މަތިންދާބޯޓް ސިންގަޕޫރަށް ދިޔުމަށް ފުރީ ވެލާނާ އެއަރޕޯޓުން: މެލޭސިއާ އެމްއޯޓީ.
މެލޭސިޔާގެ ސަރުކާރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓެއް މި މޭމަހުގެ 19 ވީ ބުދަ ދުވަހު މެންދަމު 2.55 ގައި ވެލާނާ އެއާޕޯޓުން ސިންގަޕޫރުގެ ޕަޔާ ލެބާރއަށް ދިޔުމަށް ފުރާފައިވެއެވެ. އަދި އެ މަތިންދާ ބޯޓް މެލޭސިއާގެ ވައިގެސަރަހައްދަށްވެސް ވަންކަމުގައި ވެސް ބުނެފައިވެއެވެ. މެލޭޝިޔާ ސަރުކާރުން މިކަން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ފަލަސްތީނަށް އެހީތެރިވާ އެކްޓިވިސްޓުން މެލޭޝިޔާގެ ވައިގެ ސަރަހައްދުގެ ތެރެއިން މި ބޯޓު ދަތުރުކުރުމުގެ ހުއްދަ ދިން މައްސަލައާ ގުޅިގެން އެކަމާއި ދެކޮޅަށް […]
ހުއްދަނެތި މަގުމަތީ އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި
ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ. އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށިފިޔަޅުގެ ތެރެއިން ކާފިއު ވަގުތުގައި ގަވާއިދާ ހިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކާއި ވޯކް ވިސާ ނެތްފަރާތްތައް ހިފަހައްޓުމަށްފަހު ގެންދަނީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މިޕްރޮގްރާމަކީ […]
ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ހާލު ސިރިއަސް
ހދ. ކުޅުދުއްފުށީގަައި ޒުވާނަކު ރަހީނުކޮށް ދިން އަނިޔާގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެއްޖެއެވެ. ފުލުހުން ބުނީ ރޭ 20:48 ހާއިރު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ޒުވާނަކު ރޭ 9:50 ހާއިރު އެ ހޮސްޕިޓަލަށް […]
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވައިލައިފި
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރަފް ކުރި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. ދިވެހި […]
މަސްދަރެއްގެ މައްސަލަ ބެލުމަކީ ކުރެވޭނެކަމެއްނޫން: އެމްޖޭއޭ
ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނުދެކޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ. އެމްޖޭއިން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތާ ގުޅިގެން އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ބަލާނެ ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން […]
ފޭސްބުކާއި ޓްވިޓާއިން ކަންތައް ކުރިގޮތާމެދު ޝަކުވާކޮށްފި
ފަލަސްތީނާއި އެއްކޮޅަށް ވަކާލާތު ކުރަން މަސަތްކަތް ކުރި މީސްމީހުންގެ ޕޯސްޓްތައް ފޭސްބުކާއި ޓްވިޓާއިން ބްލޮކް ކުރި މައްސަލަ ވަރަށް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކްޓިވިސްޓުން ވަނީ މި މީސްމީޑިޔާ ކުންފުނިތަކުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. މި ކަންކަން ދިފާއުކުރުމަށްޓަކައި އެ ކުންފުނިތަކުން ވަނީ އެއީ ސޮފްޓްވެއާ ސިސްޓަމްގެ މައްސަލައެއް ކަމަށް ބުނެފައެވެ. ޓްވިޓާއިން ބުނި ގޮތުގައި އެ […]
ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީއިން ދެވަނަ ފަހަރަށް އުފުލާލައިފި
ޔޫއެފާ ޗެމްޕިއަންސް ލީގް 2020/2021 ސީޒަންގެ ތަށި ޗެލްސީއިން އުފުލާލައިފިއެވެ. ޗެލްސީއިން ތަށި އުފުލާލައިފައި ވަނީ މެންޗެސްޓަރ ސިޓީއާއި ވާދަކޮށް 1-0ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗު ފެށިގެން އައިއިރު ޗެލްސީއިންވަނީ ގިނަ އެޓޭކް ތަކެއް ކޮށްފައެވެ. ސިޓީއަސް ޕްރެޝަރުކޮށް ކުރި އެޓޭކްތަކުގެ ނަތީޖާއެއް ނެރެވޭ ގޮތް ނުވެ ލިބުނު ފުރުސަތުތަށް އަތުން ދޫވިއެވެ. އެއަށްފަހު ސިޓީއިން ވެސް އެޓޭކްތަކެއް ކުރުމަށްފަހު ޗެލްސީއަށް ލިބުނު ފުރުސަތެއްގައި މެޗުގެ ހަމައެކެނި ގޯލް ކާމިޔާބު ކޮށްދިނީ 42 ވަނަ […]
މާދަމައިން ފެށިގެން ބީއެމްއެލްއިން ކާޑު ދޫކުރާނެ
މާދަމައިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ މާދަމައިން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ. ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދޭނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށެވެ. ބީއެމްއެލް […]
އާރްވީ ސްޕޯޓްސްގެ ޢީދު ހޯރަ ވޮލީ ލީގް ޓީމް 3ޑީ އިން ކާމިޔާބު ކޮށްފި
އާރްވީ ސްޕޯޓްސްގެ ފަރާތުން ހއ.ހޯރަފުށީގައި ކުރިޔަށް ގެންދިޔަ ޢީދު ހޯރަ ވޮލީ ލީގު ޓީމް 3ޑީ އިން ކާމިޔާބު ކޮށްފިއެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ހޯރަ އެއަރޕޯޓް ޓީމާއި ފައިނަލްގައި ވާދަކޮށްގެންނެވެ. އިއްޔެ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް 3ޑީގެ އަހްމަދު މުހައްމަދެވެ. މިމުބާރާތުގައި ބައިވެރިވި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ޒުވާން […]
އަޅާކިއުމަކީ އިސްތިރިއެކޭ ބުނޭ..
ދިވެހިންގެތެރޭގައި ބެލެވިފައިއޮންނަގޮތުން އަޅާކިއުމަކީ އިސްތިރިއެކޭ ކިއުމަކީ ބޮޑު ސިހުރެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބުނެއުޅޭ ޖުމުލައެކެވެ. ޢާންމުގޮތެއްގައި މި ޖުމުލަ ބޭނުންކޮށް އުޅެނީ ދެ ޖިންސުގެ ދެ ޒުވާނަކު ތަތްކުރުމުގެ ގޮތުންނެވެ. އެހެންގޮތަކަށްބުނާނަމަ ދެ ޖިންސުގެ ދެ ޒުވާނެއްގެ ގުޅުމަށް ފާޑުކިއުމުގެ ގޮތުންނެވެ. ނަތީޖާއެއްގެގޮތުން އެ ދެ ޒުވާނުންގެ ދޭތެރޭގައި ލޯބި އުފެދިގެން ދަނީއެވެ.. ވާނީވެސް އެހެންތާއެވެ… މުޅި މުޖުތަމާގައި އެ ދެޒުވާނުންގެ ނަން ބޭނުންކޮށްގެން އަޅާ ކިއަމުންދާނަމަ ދެން އިތުރަށް […]