މެލޭސިޔާގެ ސަރުކާރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓެއް މި މޭމަހުގެ 19 ވީ ބުދަ ދުވަހު މެންދަމު 2.55 ގައި ވެލާނާ އެއާޕޯޓުން ސިންގަޕޫރުގެ ޕަޔާ ލެބާރއަށް ދިޔުމަށް ފުރާފައިވެއެވެ. އަދި އެ މަތިންދާ ބޯޓް މެލޭސިއާގެ ވައިގެސަރަހައްދަށްވެސް ވަންކަމުގައި ވެސް ބުނެފައިވެއެވެ.
މެލޭޝިޔާ ސަރުކާރުން މިކަން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ފަލަސްތީނަށް އެހީތެރިވާ އެކްޓިވިސްޓުން މެލޭޝިޔާގެ ވައިގެ ސަރަހައްދުގެ ތެރެއިން މި ބޯޓު ދަތުރުކުރުމުގެ ހުއްދަ ދިން މައްސަލައާ ގުޅިގެން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަންފެށުމުންނެވެ.
މި ކަމާ ގުޅިގެން ހޮނިހިރު ދުވަހު މެލޭސިޔާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަތިންދާބޯޓު އެ ގައުމުގެ ވައިގެ ސަރަހައްދުގައި ހޭދަކޮށްފައިވަނީ ވަރަށް މަދު ވަގުތުކޮޅެކެވެ. އަދި އެ މަތިންދާބޯޓު ފުރާފައި ވަނީ ދިވެހި ރާއްޖޭގެ ވެލާނާ އެއަރޕޯޓުން ކަމަށްވެސް މެލޭސިޔާގެ ސަރުކާރުން ވަނީ މައުލޫމާތުދީފައެވެ.
ދިވެހި ސަރުކާރުން ވަނީ އިޒްރޭލާއި އެކު އެއްވެސް ގުޅުމެއް ނުބާއްވާކަމަށް ވަރަށްފަހުންވެސް ވަޢުދުވެފައެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންދާއިރުވެސް ދިވެހި ސަރުކާރުން ވަނީ އިޒްރޭލުގެ މަތިންދާބޯޓު ރާއްޖޭގައިގެ ވައިގެ ސަރަހައްދުގައި އުދުހުމަށާއި ރާއްޖޭގެ ވައިގެ ބަނދަރުގައި ޖެއްސުމުގެ ހުއްދަދީ އެކަމާއި ބެހޭ މަޢުލޫމާތް ނުދީފައެވެ. ވެލާނާއަށް ގުޅުމުން އިޒްރޭލުގެ ބޯޓު ވެލާނާގައި ޖައްސައިަފާވޭތޯ ނުވަތަ ނޫންތޯވެސް ބުނެވެންނެތްކަމުގައި ބުންޏެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މިހައިތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުމެވޭމެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލައިންސަނީ ޢަމަލުތަކާއިމެދު އަދި ފަލަސްތީނުންގެ ގެތައް ފޭރޭތީވެ ދިވެހިން އަބަދުވެސް އެ އަނިޔާވެރިކަމާއި ދެކޮޅުހަދައެވެ.
4 Responses
Misarukaarakee nubai nulafaagau thakaagulhun bahahtaa sarukaareh mihaaru miothee.
Airport ga mihaaru emme is meehaka huree yahoo dhee eh noon baa. mi saru kaarun kuraa konme kame ves olhuvaa lumegga
ބަރާބަރު މަކުރުވެރި ސަރުކާރު!! މުނާފިގުް ކަމުގެ ޢިންތިހާ!! ކާކަށް ޚީއްކުރެވޭނީ!! ރައްޔިތުން މަޑުން ތިބޭތީ ބޭނުން އެއްޗެއް ހަދާލަނީ!! އެއްކޮޅުން ސަރުކާރުން މިކިޔަނީ ފަލަސްތީނާ ޢެއްކޮޅަށެ!! އަނެއް ކޮޅުން މި ބުނަނީ އަވަހަށް ފްލައިޓް ޖައްސާށެ!! ޢެއް ސްޓްރެޓެޖީއެއް މި ގެންގުޅެނީ އެމް ޑީ ޢެން ކަންތަކުގަވެސް.!!
އެންމެ ގަދަޔަށް ފަލަސްތީނަށް ޙަމަލަަދީ ފަނާކކުރަމުން ދަނިކޮށް ދިވެހި ދައުލަތާއި އެއްވެސް ގުޅުމެއްންކަމަށް ސަރުކާރުން ބުނަމުންދާ އިޒްރޭލު މިވަނީ ދިވެހިންގެ އެއަރޕޯޓްވެސް ބޭނުން ކޮށްފައެވެ. ކުރީގެ ތަޖުރިބާއިން އެނގޭގޮތުގައި އެފަދަަ ހަނގުރާމައިގެ ވަގުތުގައި ނުވަތަ ޓެރެރިސްޓް މެނޫވަރ ދަނޑިވަޅުތަކުގައި ސިވިލް އެއަރކުރާފްޓްގެ ނަމަނުގައިވެސް ހިންގާނީ ކޮންމެވެސް ސިއްރުވެރި އޮޕަރޭޝަނެކެވެ. ވެދާނެ އިންޑީއާއިން ހުއްދަހޯދައިގެން ޖެއްސީކަމަށް. އިންޑިއާ އަކީ ނަތަންޔާހޫގެ އެތެނިކް ކްލިންޒިން އަށް ސަޕޯޓުކުރާ ގައުމަކަށް ވެފައި ދިވެހި ސަރުކާރަކީ އިންޑިއާގެ މުޅި މަލިކު ކަމުގައި ދެކެންޏާ މިހެން ވެދާނެވެސް މެއެވެ.
ދިވެހި ސަރުކާރާއި އިޒްރޭލާއި ގުޅުމެއްނެތޭ ސޯލިޙުރައީސް އެވިދާޅުވަނީ އެހެންވެންތޯއެެވެ؟