ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރވޭ މީހަކު ހޯދުމަށް އޭނަގެ ވީޑިއޯއާންމުކޮށްފި

  ގެއަކުން ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ގަދަ ކުލައެއްގެ ގަމީހަކާއި މަޑު ނޫކައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފޮށީގަނޑެއް ހިފައިގެން މަގުމަތިން ދަނިކޮށެވެ. އޭނާގެ އަތުގައި ކަރުދާސް ފޮށިގަނޑެއް އޮތެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ  އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ބޫޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. […]

އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ބައެއްތަކެތި މަނާކުރުން ފަސްވެދާނެ

  އެއްފަހަރު ބޭނުންކޮށްފައިވ އުކާލެވޭ ޒާތުގެ ޕްލާސްޓިން ރާއްޖެއަށް އެތެރެކުރުން މާދަމާއިން ފެށިގެން މަނާ ކުރަން ނިންމާފައި ވީނަމަވެސް މީގެއިން ބައެއް ތަކެތި މާނާކުރުމަށް ފަސްވެދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. “ ދިވެހި ރާއްޖޭގެ އެކްޕޯޓް އިމްޕޯޓްގެ ގާނޫނު“ އަށް ގެނައި އިސްލާހުގައިވާ ގޮތުން މާދަމައިން  ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެފަދަ އެއްޗިއްސަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. މި […]

އެމްޓީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

  އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫންމަހަށް ފަސްކޮށްފި އެވެ. އެމްޓީސީސީއިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިއަދެވެ. އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ފަސްކުރީ އެކުންފުނީގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާމުން ޖަލްސާ މި މަހު 16 ގައި ބާއްވަން ޖެހުމާގުޅިގެން ކަމަށެވެ. އެކުންފުނިން ބުނީ މި ގޮތަށް ނިންމީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާ ވެސް އެކުގައި ކަމަށެވެ. […]

އިންޑިއާއިން އިއްޔެ އެކަނިވެސް 1،50،000 މީހުންނަށް ބަލިޖެހި 3،028 މީހުން މަރުވި

އިންޑިއާއިން އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް، 1،50،527 މީހުންނަށް ކޮރޯނާ ވައިރަސް ޖެހި، އެ ބަލީގައި 3،028 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ. ހޮނިހިރު ދުވަހު އިންޑިއާއިން އެއްލައްކަ 90 ހާހަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، 3،814 މީހުން ބަލީގައި މަރުވެފައިވެއެވެ. މޭ މަހުގެ 8 ވަނަ ދުވަހު އިންޑިއާއިން 3،90،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން އެންމެ ގިނަ ބަޔަކު މަރުވެފައި […]

ސެކިއުރިޓީއާ ގުޅޭގޮތުން މައުލޫމާތު ލީކް ކުރީ އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ކަމަށް ބެލެވޭ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތަކީ އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ލީކް ކުރި މައުލޫމާތުކަމަށް ބެލެވޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް ”މިހާރު“ ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެފައެވެ. މި […]

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

  މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހޮނިހިރު ދުވަހު އެ އިދާރާއަށް ހުށަހަޅައަޅައިފައިވާކަމަށެވެ. ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އެނގިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ އިއްޔެ ވަނީ އެ […]

ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

ހދ. ކުޅުދުއްފުށީ ރަހީނުކޮށްގެން އަނިޔާކުރި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ. އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ލޭ އެޅިފައިވުމުގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އިއްޔެގައެވެ. މާލެގެނެސް ފުރަތަމަ އެމީހާ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް އިމަޖަންސީގައި އޮޕަރޭޝަން ކުރަން އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް އޭޑީކޭއިން ފަރުވާދެމުން އަންނައިރު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ […]

ސައިކަލެއް ވަގަށްނެގި މައްސަލައެއްގައި މީހަކު ހޯދަންފަށައިފި

  ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ ހ. ސަމަރގްރީންގެ، އިބްރާހިމް ޒަކަރިއްޔާ 30،  ކަމަށް ފުލުހުން ބުނެއެވެ. އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. ސައިކަލްތައް ވަގަށްނެގުމުގެ މައްސަލައަކީ މިހާރު މުޖުތަމައުގައި ވަރަށްބޮޑަށް ދިމާވެފައިވާ މައްސަލައެވެ. އަދި މިފަދަ މައްސަލަތަކުގައި ވަގަށްނަގާ ސައިކަލްތައް ހޯދުމުގައި ފުލުހުން އެކަށީގެންވާވަރަށް މަސައްކަތް ނުކުރާކަމަށް […]

ހުވާނުކޮށް ތިބި ފުލުހުން ހުވާކޮށްފި

ފުލުހުންގެ ހިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށް ތިބި ފުލުހުން ހުވާކޮށްފި އެވެ. ފުލުހުން ބުނީ އިއްޔެ އައްޑޫ ހައިސްކޫލުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންނާއި ، ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން، ފުލުހުންގެ ހުވާކޮށްފައިވެއެވެ. ފުލުހުންނަށް ހުވައި ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ. މިރަސްމިއްޔާތުގައި ހުވައި ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން […]

އަތޮޅުތަކުގެ މީރާ ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި

    އަތޮޅުތަކުގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުތަކުން މިއަދުން ފެށިގެން ވަގުތީގޮތުން ނަގުދު ފައިސާ ބަލައިގަތުން މެދުކަނޑާލައިފިއެވެ. މީރާއިން ބުނީ ނަގުދުފައިސާ ބަލައިގަތުން މެދުކަނޑާލީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުތަކާ ގުޅިގެން މީރާއިން ހިދުމަތް ދެމުންގެންދާ ގޮތްތައްކަށް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މީރާގެ އަތޮޅުތަކުގެ އޮފީސްތަކުން ނަގުދު ފައިސާއާއި ޗެކު […]